ހުވަފެން ފެނިގެން ނޫޅުއްވުމަށް ވިދާޅުވެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ޖޭޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ރައްޔިތުން ތިބީ އެންމެ މީހަކު ވަކި ގޮތަކަށް ވާހަކަ ދެއްކެވީމަ އެގޮތައް ނަށާކަށް ނޫން ކަމަށެވެ.
"ދިވެހި ރައްޔިތުން ތިބީކީ އެންމެ މީހަކު ދައްކާ ވާހަކަ އަޑުއަހައިގެން، އެންމެ މީހަކު ޖަހާހާ ބެރަކަށް ޑާންސް ކުރާކަށް ނޫން" ގާސިމް ވަރަށް ކޯފާވެ ހުންނަވައި ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ވަކި ޕާޓީއަކަށް މެޖޯރިޓީ ނުލިބިއްޖެނަމަ މި ސަރުކާރު ނޯންނާނެ ކަމަށް ވާހަކަފުޅު ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލެއްވުމަށް ކަމަށެވެ.
"ރައްޔިތުންނަށް އޮޅުވާލަން ވަކި ޕާޓީ އަކަށް މެޖޯރިޓީ ނުލިބުނިއްޔާ، އާދެ އެމްޑީޕީ އަށް މެޖޯރިޓީ ނުލިބުނިއްޔާ މި ސަރުކާރެއް ނޯންނާނެއޭ. އެވެނި ކަމެއް ނުކުރެވޭނެއޭ. މިވެނި ކަމެއް ނުކުރެވޭނެއޭ. މި ދައްކަނީ ކޮން ވާހަކައެއްތޯ؟،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާލުވީ 2008 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމުން ކަންކުރެއްވިގޮތް އެގިވަޑައިގަންނަވާ ކަމަށެވެ. ރައީސް ނަޝީދަށް ފާޑު ވިދާޅުވި ނަމަވެސް ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތައުރީފް ކުރައްވައި ކޯލިޝަނާއެކު ދެމިހުންނެވުމަށް އެދިވަޑައިގަންނަވާފައެވެ.
ރައީސް ނަޝީދަށް ގާސިމް ފާޑުވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ހޯދުމަށް ރައީސް ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ވިޔަފާރިކުރަން މީހުން ނުވެއްދުމަށްވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
ގާސިމް ރައީސް ނަޝީދަށް: ހުވަފެން ފެނިގެން ނޫޅުއްވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ