އައިޖީއެމް ސަރަހައްދު ފެނުގައި ކަރަންޓު ލީކޭޖެއް ނެތް: ސްޓެލްކޯ

އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ކަރަންޓް ލީކޭޖެއް ނޫޅޭ ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދީފި އެވެ.
މާލެ އަށް މިއަދު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގަ އެވެ. އެ ސަރަހައްދުގައި ފެންބޮޑުވެފައިވާ އިރު، ފެނުގެ ތެރޭގައި ކަރަންޓްގެ އަސަރު އެބަ ހުރި ކަމަށާއި، އެކަމަށް ސަމާލުވުމަށް ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކަކުން ދިޔައީ ބުނަމުންނެވެ.
އެކަމާއި ގުޅިގެން ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ކަރަންޓް ލީކޭޖެއް ނޫޅޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށާއި، ސްޓެލްކޯގެ ސްޓާފުންދަނީ ރައްކާތެރި ކަރަންޓެއް ރައްޔިތުންނަށް ފޯރުވައިދޭން މަސައްކަތް ކުރަމުންކަމަށެވެ. އެކަންކަމާއި ގުޅިގެން އެއްވެސް ކަންބޮޑުވުމެއްވާނަމަ 104 އަށް ގުޅުމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.
ފެނުގައި ކަރަންޓުގެ އަސަރު ހުރި ކަމަަށް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ސްޓެލްކޯއަށް ރިޕޯޓް ކުރުމަށް ފުލުހުންގެ އިދާރާއިން ވެސް ވަނީ އެދިފަ އެވެ. ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މަގުތަކުގައި ހެދިފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރު ހުރި ކަމުގެ ރިޕޯޓްތަކެއް ލިބެމުންދާ ކަމަށެވެ.
މޫސުމާ ބެހޭ އިދާރާއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މާލެއަށްވަނީ ރެކޯޑް އަދަދަކަށް ވާރޭ ވެހިފައެވެ. އެގޮތުން މިއަދު ހެނދުނު 10:00 ން މެންދުރުފަހު 1:00 އާ ހަމައަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް
މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ