ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހޯދާފައިވާ ހެކި ތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތުތަކެއް މީޑީއާއަށް ދިން ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު މިރޭ ފުލުހަށް ހާޒިރުވާން އެންއުމަށްފަހު އެކަން މާދަމާއަށް ފަސްކޮސްފިއެވެ.
ކުރިން މައުމޫނު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިރޭ 10:00 އަށެވެ. ނަމަވެސް އެކަން މާދަމާ 1:00 އަށް މިހާރުވަނީ ފަސްކޮށްފައެވެ. މައުމޫނު ހަމީދު ފުލުހަށް ހާޒިރުވުން ފަސްކޮށްފައިވަނީ މައުމޫނު ހަމީދު އެކަމަށް އެދިލެއްވުމުން ނެވެ..@PoliceMv couldn't accommodate my request to be interviewed today, but have confirmed they will be ready to interview me at 1 p.m. tomorrow.I thank them for having regard to this being Ramazan & not insisting on having the interview late at night as originally scheduled.— Maumoon Hameed (@maanhameed) June 6, 2018ލުހުން ހޯދާފައިވާ ހެކިތަކަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ދިން ކަމަށް މައުމޫން ހަމީދުގެ މައްޗަށް ތުހުމަތު ކުރަނީ ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަތަކަކައި ގުޅިގެންނެވެ.
މައުމޫނު ފުލުހަށް ހާޒިރުވުން މާދަމާއަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ