ކުރިއަށް އޮތް ބޮޑު އީދަށް އދ. ހަންޏާމީދޫ ސާފުކުރަން އެ ރަށުގެ ރައްޔިތުން މިއަދު ނުކުމެއްޖެ އެވެ.
ހަންޏާމީދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަޝްރަފު "އަވަސް" އަށް ވިދާޅުވި ގޮތުގައި މި ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މި ހަރަކާތުގައި ރަށުގައި ހުރި ވިޔަފާރިތައް ވެސް ބައިވެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހަރަކާތުގައި ރަށުގެ ރައްޔިތުންގެ އިތުރުން ބައެއް ޓޫރިސްޓުން ވެސް ބައިވެރިވޭ. މަގުސަދަކީ އެންމެންގެ ބައިވެރިވުމާއެކު ރަށް ސާފުކޮށް ބޭއްވުން،" އަޝްރަފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި އަހަރުގެ ބޮޑު އީދަށް އެ ރަށަށް ގިނަ ބަޔަކު އަރާނެ ކަމަށް ބެލެވޭ ކަމަށާ ހަރަކާތްތަކެއް ވެސް އޮންނާނެ ކަމަށެވެ.
ރަށުތެރެ ސާފު ކުރުމުގައި ޓޫރިސްޓުން ބައިވެރިވަީނީ
"އީދަށް ގިނަ ހަރަކާތް ތަކެއް ރޭވުމަށް ހަމަޖެހިފައިވޭ. ނަމަވެސް އެކަންތައް ފަހުން ހާމަކުރާނަން،" އަޝްރަފު ވިދާޅުވި އެވެ.
ހަންޏާމީދޫއަކީ އާބާދީގައި 720 މީހުން ހިމެނޭ ރަށެވެ. މި ރަށުގައި އަށް ގެސްޓްހައުސް ހުރިއިރު، ރަށުގެ އަންހެނުންގެ މައިގަނޑު މަސައްކަތަކީ ފަންގިވިނުން ފަދަ މަސައްކަތް ތަކެވެ. އަދި ފިރިހެނުން އާއްމު ގޮތެއްގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާއިރު، މުސަތަގުބަލުގައި ގެސްޓްހައުސް ވިޔަފާރިއަކީ މި ރަށުގެ އިކޮނޮމީގެ މައި ހަބަރަކަށް ވާނެ ކަމަށް ކައުންސިލުން އުންމީދު ކުރެ އެވެ.
އީދަށް ހަންޏާމީދޫ ސާފު ކުރަން ރައްޔިތުން ނުކުމެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ