އެމްޑީޕީގެ ވެރިކަމުގައި އައްޑޫ ރައްޔިތުން އަތުން ނަގާފައިވާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާކުރުން މިއަދު އޮންނާނެކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ކޮންވެންޝަނަލް ސެންޓަރ ހެދުމަށްޓަކައި އެމްޑީޕީގެ ސަރުޚާރުން ނަގާފައިވާ ބިންތައް މިއަދު އައްޑޫ ސިޓީގައި އޮންނާނެ ކަމަށާއި ޖުލައި ސައްބީހުގެ ކުރިން ހުރިހާ ގޯތިތައް އޭގެ ވެރިފަރާތްތަކާއި ހަވާލުކޯށް ނިންމާލެވޭނެކަމަށެވެ.
Maadhamaa 28 June in feshigen Addu Convention Centre sarahahdhun goathi thah havaalu kurun kuriyah gendheveyne. Ummeedhakee July 26 ge kurin hurihaa beyfulhunnaa havaalu koh nimmun IA. https://t.co/j5e8ISBhcQ— Dr.Mohamed Muizzu (@MMuizzu) June 27, 2018
އަދި ހައުސިންގ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ ޗެނަލް ތާރޓީންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ގޯތި ހަވާލުކުރުމަށް ޚާއްސަ ހަފްލާއެއް ބޭއްވޭނެކަމަށެވެ. ސާކް ސަމިޓް ބޭއްވުމަށް އެމްޑީޕީގެ ސަރުކާރުން އައްޑޫ ރައްޔިތުންގެ އަތުން ގޯތިތައް ނަގާފައިވަނީ އެފަރާތްތަކަށް ގޯތީގެ ބަދަލުދޭގޮތައް 2011 ވަނަ އަހަރު. އެހެންނަމަވެސް ބަދަލު ދީފައި ނުވާތީ ބައެއްފަރާތްތަކުން ވަނީ ކޯޓަށް އެ މައްސަލަ ހުށަހަޅާފައެވެ. އީސީސީ ހަދާފައިވާ ސަރަހައްދު ތަރައްޤީ ކުރުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެންދަވަނީ އެ ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލެއް ޤައިމުކުރުމުގެ މަސައްކަތް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީ ސަރުކާރުން އައްޑޫ ރައްޔިތުން އަތުން ނަގާފައިވާ ގޯތި ހަވާލުކުރުން މިއަދު ފަށާނެ- މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ