ޝަރުއީ ދާއިރާގެ މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

ރާއްޖޭގެ ޝަރުއީ ދާއިރާގެ މުވައްޒަފުން ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކުރަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ. މިއީ މިހާރުގެ ސަރުކާރުގެ ކެމްޕެއިން ވައުދު ތަކުގެ ތެރެއިން އެއް ވައުދެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ވެސް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް، އަދި އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފުންނަށް ދެމުން އަންނަ ޗުއްޓީ ވެސް އެއް މަހަށް އިތުރު ކުރުމަށްޓަކައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު އިސްލާހު ކުރަން ސުޕްރީމް ކޯޓުން މިއަދު ނިންމާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ