ހުޅުމީދޫ ގެއަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ ގެއަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމީދޫ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެ ހުށައަޅާފައިވާ މައްސަލައާ ގުޅިގެން އިއްޔެ 11:55 ހާއިރު ހިންގި އޮޕަރޭޝަނެއްގައި 31 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެމީހާ ވަގަށް ވަގާފައިވާ 13000 ރުފިޔާ ފިޔަވާ އެހެނިހެން ތަކެތި، ހުޅުމީދޫ ގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ވަނީ ހޯދާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެމީހާ ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި އެއް ރަން ފަށާއި ދެ ފައިގާ އަޅާ ރަން ކެވެލި ކޮޅާއި އެއް އަތުގައި އަޅާ ރަން ކެވެލިކޮޅެއްގެ އިތުރުން އެއް ރަން ފަށުފޫ އަދި ދެ އަނގޮއްޓީ ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ