މޫސުން ރަނގަޅު، މެންދުރު ފަހު ގުގުރުމާއެކު ކެރީގެ އަސަރު ކުރުން އެކަށީގެންވޭ

ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅު ނަމަވެސް، މިއަދު މެންދުރު ގުގުރުމާއެކު ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް މިއަދު މެންދުރު ފަހު ގުގުރުމާއެކު ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އެގޮތުން ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ