ހިންނަވަރުގައި އީދު ޝޯވ ހޫނުވެ މާރާމާރީ ހިންގައިފި

ޅ. ހިންނަވަރުގައި އީދު ޝޯވ ހޫނުވެ މާރާމާރީ ހިންގައިފިއެވެ.
މި މާރާމާރީ ހިންގާފައި ވަނީ މިރޭ އެރަށުގައި ބޭއްވި ޝޯވ ނިމުނުތަނާ، އެ ޝޯވ ބޭއްވި ސަރަހައްދުގައެވެ. މި މާރާމާރީ ހިނގާފައި ވަނީ ހިންނަވަރު މީހުންނާއި، ޝޯވ ބެލުމަށް އެރަށަށް ދިޔަ ނައިފަރު މީހުންނާއި ދެމެދުއެވެ.
ހިންނަވަރަކީ މި އަހަރު ސަރުކާރުން ރަސްމީގޮތެއްގައި އީދު ކުރަމުންދާ ރަށެވެ.
ހިންނަވަރުން ވާހަކަދެއްކި މީހަކު ބުނީ، މާރާމާރި ހިންގަން ފެށިތާ ގިނައިރުތަލެއް ނުވެ މާރާމާރީ ހިންގި މީހުން އެ ސަރަހައްދުން ފޮނުވާލި ކަމަށެވެ.
އެނގިފައިވާގޮތުން ނައިފަރު މީހުން ފުރަން ދިއުމުންވެސް ހިންނަވަރު ބައެއް މީހުން ބަނދަރަށް ޖަމާވިއެވެ. އަދި ބަނދަރުމަތީގައިވެސް ދެ ރަށު މީހުން ޒުވާބުކޮށް ކުރިމަތިލާން މަސައްކަތްކޮށްފައި ވެއެވެ.
މިކަމާއި ގުޅިގެން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް އަދި ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ