ފަރުވާއަށްފަހު މެމްބަރު ހަސަންޓޭ އެނބުރި މަޖިލީހަށް

މިދިޔަ މަހު ސައިކަލުން ވެއްޓި އަނިޔާ ލިބިވަޑައިގެންނެވި އިނގުރައިދޫ ދައިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ފަރުވާ އަށް ފަހު އެނބުރި މަޖިިލީހަށް ނިކުންނަވައިފި އެވެ.
މޭ 12 ވަނަ ދުވަހުގެ ރޭ ހިނގާދިޔަ އެކްސިޑެންޓްގައި ހިނގީ ކުއްލިއަކަށް މަގު ހުރަސް ކުރަން އުޅުނު މީހެއްގެ ގައިން ނައްޓާލަން އުޅުއްވުމުގެ ތެރޭގައި ސައިކަލުން ކަހާލުމުންނެވެ.
އެ ހާދިސާގައި ހަސަންޓޭގެ ފަޔާއި ބޮލަށް ލިބިލެއްވި އަނިޔާތަކަށް މާލޭގައި ފަރުވާ ކުރެއްވުމަށް ފަހު އިތުރު ފަރުވާ އަށް ސްރީ ލަންކާ އަށް ވަޑައިގެންނެވި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހަސަންޓޭ ވަނީ ހާޒިރުވެވަޑައިގެންފަ އެވެ. އެއާއެކު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަސަންޓޭ އަށް މަރުހަބާ ދެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ