އަނދުން ހުސައިންގެ އީދު ހަދިޔާ: ދާއިރާގެ ފަސް ދަރިވަަރަކަށް ސްކޮލާޝިޕް

ހެންވޭރު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ފައުންޑޭޝްންގެ ފަރާތުން އަޝްހާ އީދުގެ ހަދިޔާއެއްގެ ގޮތުގައި ފަސް ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕް ފުރުސަތަށް ހުޅުވާލައިފިއެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަހަރުގެ އީދު ހަދިޔާއަކީ އޭނާގެ ފައުންޑޭޝަންގެ އެހީގައި ސައިރިކްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ފަަސް ފުރުސަތު ދާއިރާގެ ފަސް ދަރިވަރަކަށް ދިނުން ކަމަށެވެ.
އެ ސްކޮލާޝިޕްގެ ފުރުސަތުގެ ތެރޭގައި، މާސްޓާސް ލެވެލްއަށް ކިޔެވުމުގެ ދެ ފުރުސަތާއި، ބެޗްލާސް ޑިގްރީގެ އެއް ފުރުސަތާއި، ޑިޕްލޮމާ ލެވެލްގެ ދެ ފުރުސަތާއެކު ޖުމްލަ ފަސް ފުރުސަތެވެ.
"މި އުފާވެރި ހަބަރު ދާއިރާގެ ކުދިންނާއި ހިއްސާ ކުރުމުގެ އުފަލާއެކު އީދު ތަހުނިޔާ އަރިސް ކުރަން". އޭނާގެ ޓްވީޓްގައި ވެއެވެ.
އަނދުން ހުސައިން ފައުންޑޭޝަންގެ ފަރާތުން މިހާރު ރާއްޖެ އިން ބޭރުގައިވެސް ބައެެއް ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދެެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ