ދުނިޔޭގައި މިވަގުތު ހުރި އެންމެ ޒުވާން ބިލިއަނަރު ކައިލީ ޖެނާ އާމްދަނީ ހޯދާ ގޮތާއި ބެހޭ ގޮތުން ރާއްޖޭގެ ހެލްތު މިނިސްޓްރީން ޓްވިޓާގައި ޚިޔާލުފާޅުކޮށްފިއެވެ.
"ގާޑިއަން" ނޫހުން ކައިލީގެ އުފަން ދުވަސް ޔޮޓެއްގައި ފާހަގަ ކުރަން އެއް މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ބުނެ ގެނެސްދިން ޚަބަރަކާއި ގުޅިގެން ރާއްޖޭގެ ހެލްތު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ކައިލީ އާއި ކާޑޭޝިއަންސް އިން އާމްދަނީ ހޯދަނީ މީސް މީޑިއާގައި މާކެޓް ކޮށްގެންނާއި ރިއަލިޓީ ޝޯތަކުން ކަމަށެވެ. މިއީ މިޖީލުގެ މީހުންގެ ވިސްނުމަށް އަސަރު ކުރާނެ ކަމެއް ކަމަށް ވެސް ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.
ރާއްޖޭގެ ހެލްތު މިނިސްޓްރީގެ ޓްވިޓާ އެކައުންޓަކީ ވެރިފައި ވެސް ކޮށްފައިވާ ޓްވިޓާ އެކައުންޓެކެވެ.
ކައިލީގެ އާމްދަނީ އާއި ބެހޭ ގޮތުން ޚިޔާލުފާޅުކޮށް ހެލްތު މިނިސްޓްރީން ޓްވީޓް ކުރުމުން އެކަން ގިނަ ބައެއްގެ ސަމާލުކަމަށް އައިސް ފާޑުކިޔަން ފެށުމުން ފަހުން ވަނީ ޓްވީޓް ޑިލީޓް ކޮށްލާފައެވެ.
ފަހަކަށް އައިސް ސަރުކާރުގެ ރަސްމީ އިދާރާތަކުގެ ޓްވިޓާ އެކައުންޓްތަކުންނާއި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޓްވިޓާ އެކައުންޓްތަކުން އެބޭފުޅުންގެ މަސައްކަތާއި ނުގުޅޭ ވާހަކަތައް ޓްވީޓް ކުރުން ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ.
ކައިލީގެ އާމްދަނީ އާއި ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން ޚިޔާލުފާޅުކޮށްފައި ވާއިރު ފަހަކަށް އައިސް ސިއްހީ ދާއިރާއިން ދިމާވި އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ތެލެސީމިއާ ކުދިން ގާތްގާތުގައި މަރުވަމުންދާ މައްސަލައިގައި އެމިނިސްޓްރީން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.
ޓްވިޓާ އެކައުންޓްތަކުން މަސައްކަތާއި ނުގުޅޭ ވާހަކަތައް ޓްވީޓް ކުރުން އާއްމު ކަމަކަށް ވެފައިވާއިރު ވެސް އެކަން ހުއްޓުވަން އިދާރާތަކުން މަސައްކަތެއް ކުރާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.
ކައިލީ އާމްދަނީ ހޯދާ ގޮތާއި ބެހޭ ގޮތުން ރާއްޖޭގެ ހެލްތު މިނިސްޓްރީން ޚިޔާލުފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ