އެމްޑީޕީން ބުނި " ދަރަނި ދަންތުރަ " ގޯސް ކަމަަށް ނަޝީދު އިއުތިރާފް ވެއްޖެ - ސައީދު

އެމްޑީޕީން ބުނާ "ދަރަނި ދަންތުރަ" ގޯސް ކަމަަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފް ވުމުން އެކަމަށް ރައްޔިތުންގެ ކިބައިންްްނާއި ގައުމުތަކުގެ ކިބައިން ނަޝީދު މައާފަށް އެދެން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެވެއެވެ.
ސައީދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއް ބަޔަކު ރުއްސަން އަނެއް ބަޔަކު ކަތިލާކަށް ނުޖެހޭ ކަމަށާއި ޔާމީން ސަރުކާރުގައި ބޮޑު އަގުގައި ހިންގި ޕްރޮޖެކްޓެއް ބުނެދެއްވަން ސައީދު ވަނީ ނަޝީދު ކިބައިން އެދިފައެވެ.
"އެމްޑީޕީން ބުނާ ދަރަނި ދަންތުރަ ގޯސް ކަމަަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފް ވުމުން އެކަމަށް ރައްޔިތުންގެ ކިބައިންނާއި ގައުމުތަކުގެ ކިބައިން ނަޝީދު މައާފަށް އެދެން ޖެހޭ" ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ޖީޑީޕީގެ 15 އިންސައްތަ އެވެސް ވަކި ގައުމަކަށް ދައްކަންޖެހެއޭ ބުނާއިރު ފާއިތުވެދިޔަ 7 ނުވަތަ 8 ވަރަކަށް އަހަރު ރާއްޖެއަށް ފަތުރުވެރިން އައި ގޮތްވެސް ބަލަން ޖެހޭ ކަމަށެވެ.
"އެމްޑީޕީ ސަރުކާރާއި ހަވާލުވެ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ތިނެގީ ހިލޭތޯ, އަދި އެ ލޯން ދައްކަން ޖީޑީޕީގެ ކިތަށް އިންސައްތަ ދައްކަން ޖެހޭ ތޯ " ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.
ރާއްޖޭޭޭގެ ހަރުމުދާ މި ސަރުކާރުން ވިއްކާލައި، އިގްތިސާދު ނަގާލުމާއި ގުޅޭގޮތުން ޕީޕީއެމުުުުންދެ ބޭއްވި އެވުމެގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއަށް ދަރާފައިވާ 4.2ބިލިޔަނަށްވުރެ ގިނަ ފައިސާ ދައްކަން ދައުލަތުން ދައްކަން ޖެހޭ ކަމަށާއި ނޫންނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ