މާމެންދޫ ފެނުއަޑީގައި، އިންޖީނުގެއަށް ފެން ވަދެ ކަރަންޓް ކެނޑިއްޖެ

ރާއްޖޭގެ މެދުރާއްޖެ ތެރެއާއި ދެކުނަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޯކޮށް ވާރޭވެހި ލ މާމެންދޫގެ 200 އަށް ވުރެ ގިނަ ގެއަށް ފެންވަދެފައިވާއިރު ރަށުން ކަރަންޓްވެސް ކެނޑިއްޖެއެވެ.
ފުލުހުން ބުނީ ވިއްސާރާގައި މާމެންދޫގެ ބޮޑު ބައެއް ފެނުއަޑީގައި އޮތް އިރު ރަށުގެ އިންޖީނުގެއަށް ފެން ވަނުމުިގެ ސަބަބުން ރަށުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައިވާ ކަމުގައެވެ. އަދި ކަރަންޓް ލިބޭ ސަރަހައްދު ތަކަށްވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާކަމަށް ފުލުހުން ބުނެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި ތ އަތޮޅާއި ލ އަތޮޅު ގއ އަދި ގދ އަތޮޅުގެ ގިނަ ރަށްތަކަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށްރަށުގެ ގިނަ ދޭތަކަކަށްވަނީ ފެން ވަދެފައެވެ.
ފުލުހުން މި ރަށްރަށުގައި ފެންބޮޑުވުމާއި ގުޅިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުން އަދި އެރަށްރަށުގައި ހުރި ދައުލަތުގެ އެހެން އިދާރާތައް ގުޅިގެން ފެން ހިންދުމާއި ގޭގެއަށް ގެން ނުވަންނާނެހެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެރަށްރަށުގައި ހުރި ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި މި ރަށްރަށުގައި ފެން ބޮޑުގެ ބައެއް ގޭގެއަށް ފެން ވަދެފައިވީ ނަމަވެސް ނަމަވެސް އެ ތަންތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ