ރައީސް މައުމޫން އެޑްމިޓް ކޮށްފި

ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.
ރައީސް މައުމޫންގެ އަރިސްބޭފުޅަކު 'ޖަޒީރާ' އަށް މައުލޫމާތު ދެއްވި ގޮތުގައި ރައީސް މައުމޫން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
ރައީސް މައުމޫން ކޮވިޑް19 އަށް ޓެސްޓް ކުރެއްވީ ބަލީގެ އަލާމާތްތަކަކާއި ގުޅިގެން ހޯމަ ދުވަހުއެވެ. އަންގާރަ ދުވަހު ނަތީޖާ ލިބިވަޑައިގެންނެވި އިރު، ޕޮޒިޓިވްވެފައިވާ ކަމަށް އެމަނިކުފާނު ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަ ކުރައްވާފައެވެ.
އުމުރުފުޅުން މިހާރު 82 އަހަރުގެ ރައީސް މައުމޫން ބައްޔަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، ހާލުކޮޅު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި ބަލީގެ ނުރައްކާތެރިކަން އެންމެ ބޮޑީ 65 އަހަރުން މަތީގެ މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ