ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އުވުނު 11 ޕާޓީގެ ތެރޭގައި ގައުމީ އިއްތިހާދު ހިމެނޭތީ އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވެއްޖެ އެވެ.
ނަލަހިޔާ ހޮޓެލްސް ގައި މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނު ބިލެއްގެ ސިފައިގައި ވަނިކޮށް، ޕާޓީތައް އުވޭ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ކަމަށާއި އެހެން ކަމުން މިއަދު ގާނޫނީ ގޮތުން ބަދަލު ކުރަން ޖެހޭ ލިޔެކިޔުންތައް ބަދަ ކުރުމަށް ފަހު މައްސަލަ ސްޕްރީމް ކޯޓަށް ވައްދާނެ ކަމަށެވެ.
އައްބާސް ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އުވިގެން ދިޔަ ކަމަށް ދައްކަވަމުން ގެންދަވާ ވާހަކަ ތަކަކީ އެއް ވެސް ހަގީގަތެއްގެ މައްޗަށް ބިނާ ކޮށް ދައްކަމުން ގެންދާ ވާހަކަ ތަކެއް ނޫން ކަމަށަވެ. އަދި ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އުވިގެން ދިޔަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ގައުމީ އިއްތިހާދު ޕާޓީ އުވިގެން ނުދާނެ ކަމަށް ކަމަށެވެ.
"ގައުމީ އިއްތިހާދު ޕާޓީ އުވިގެން ދިޔަ ކަމަށް ދެކެވޭ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް. އަޅުގަނޑުމެން އެ ވާހަކަ ދޮގު ކުރަން. ގައުމީ އިްތިހާދު ޕާޓީ އުވިއްޖެ ކަމަށް އެއް ވެސް ފަރާތަކުން ގައުމީ އިއްތިހާދު ޕާޓީ އަށް އަންގާފަ އެއް ނުވޭ. އިލެކްޝަންސް ކޮމިޝަނުން ވެސް ގައުމީ އިއްތިހާދު ޕާޓީ އުވިއްޖެ ކަމަށް ރަސްމީ އެއް ވެސް ސިފައެއްގައި އަންގާފަ އެއް ނެތް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ވަރަށް ބޮޑަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ނިސްބަތްވާ ގައުމީ އިއްތިހާދު ޕާޓީ އުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމުގައި އަޑީގައި ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް އައްބާސް ތުހުމަތު ކުރެއްވި އެވެ.
ސިޔާސީ ޕާޓީތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު 10،000 މެންބަރުން ހަމަ ވަނީ ފަސް ޕާޓީ އެއްގައި ކަމަަށް ކަނޑައަޅައި އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާށން ކޮށްފަ އެވެ. އެއީ އެމްޑީޕީ، ޕީޕީއެމް. ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޑީއާރްޕީ އެވެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމޮޝަން ގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ސިޔާސީ ޕާޓީ ތަކުގެ ބިލް ފާސް ކުރުމާއި ގުޅިގެން 10،000ނެބްބަރުން ހަމަ ނުވާ ޕާޓީ ތައް އުވިގެންދާނެ ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ. އަދި ބިލް ތަސްދީގު ވުނަށާް ފަހު ދެމި އޮންނާނީ 10،000 މެންބަރުން ހަމަވާ ޕާޓީ ތައް އެކަނި ކަމަށް ވެސް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އިއްތިހާދު ޕާޓީ އުވާލި މައްސަލާގައި ސްޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ