ރަސްދު އަށް ކަރަންޓުގެ ހިދުމަތް ދިނުމާ ސްޓެލްކޯ ހަވާލުވެއްޖެ

ކުރިން ރައްޔިތުން ހިންގަމުން އައި އއ. ރަސްދޫ އިންޖީނުގެ ހިންގުން އިއްޔެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ ހަވާލުކޮށްފި އެވެ. ސްޓެލްކޯ އިން މި މަސައްކަތާ ހަވާލުވީ އިންޖީނުގެ އާއި އެ ތަން ހިންގުމަށް ބޭނުންކުރާ ތަކެތި، ސްޓެލްކޯ އިން ގަނެ އެ ކުންފުނީގެ މިންގަނޑަށް އެ އިންޖީނުގެ ފެއްތުމަށް ފަހު ކަމަށް ސްޓެލްކޯ އިން ބުންޏެވެ. ރަސްދޫ ރަށު ކައުންސިލްގެ މެމްބަރު އަހުމަދު ޒަމީން ވިދާޅުވި ގޮތުގައި ކުރިން އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދިނީ ރާއްޖޭގެ އެހެން ހިސާބެއްގައި ނުނަގާ ވަރުގެ ބޮޑު އަގެއް ނަގައިގެންނެވެ. "ކުރިން މި ރަށު އިންޖީނުގެ ހިންގަމުން އައީ ޔުނިޓަކަށް ހަތަރު ރުފިޔާ ނަގައިގެން. މިހާރު ސްޓެލްކޯ އިން ހަވާލުވުމުން ޔުނިޓަކަށް ނަގާނީ 2.55 ރުފިޔާ." އަހުމަދު ޒަމީން ވިދާޅުވި އެވެ. ރަސްދޫ އިންޖީނުގެ ސްޓެލްކޯއާ ހަވާލުކުރީ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ