ޑީއާރްޕީއަށް ކާމިޔާބު ލިބޭނީ ތަސްމީންގެ ފަހަތުގައި އެއް އަމާޒަކަށް ދަތުރު ކޮށްގެން: އަބްދުﷲ ޝާހިދު

ޑީއާރްޕީއަށް ކާމިޔާބު ލިބޭނީ، ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފަހަތުން އެއް ވިސްނުމެއްގައި އެއް އަމާޒަކަށް ދަތުރުކޮށްގެން ކަމަށް ޑީއާރްޕީގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.ޑީއާރްޕީގެ އޮފީހުގައި މިއަދު ނޫސް ވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ ޑީއާރްޕީއަކީ ވަރަށް ހަރުދަނާ އަސާސުތަކެއްގެ މައްޗަށް ބިނާވެފައިވާ ޕާޓީއެއް ކަމަށާއި ވަރުގަދަ ޝަހުސިއްޔަތުން ތަކެއްގެ މައްޗަށް ޕާޓީ ބިނާވެފައި ވަނީ ރަނގަޅު އުސޫލުތަކެއްގައި ކަމަށެވެ."އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޑީއާރްޕީއަށް ކާމިޔާބު ލިބޭނީ އެއް ވިސްނުމެއްގައި އެއް އަމާޒަކަށް މަސައްކަތްކޮށްގެން. ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުގައިތިބެ އެންމެން ގުޅިގެން،" ޝާހިދު ވިދާޅުވި އެވެ.އޭނާ ވިދާޅުވީ ޑީއާރްޕީގެ ލިޑަޝިޕާއި މެންބަރުންގެ އަމަލުތައް އެނޫން ގޮތަކަށް ގެންގުޅޭނަމަ އެކަމުގެ ފައިދާ ލިބެމުންދާނީ ޑީއާރްޕީއާ ހިޔާލު އެއްގޮތް ނޫން ފަރާތްތަކަށް ކަމަށެވެ."އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުންތަކެއް އުފެދި، އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކު ހިޔާލު އެއްގޮތް ކުރުމަށް ހޭދަކުރާ ހުރިހާ ވަގުތަކީ އަޅުގަނޑުމެންގެ އަތުން އެހެން ގޮތަކަށް ހަރަދުވެގެންދާ ވަގުތުތަކެއް،" ޝާހިދު ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރުގެ ފަހަތުގައި ޑީއާރްޕީގެ ހުރިހާ މެންބަރު އެއްބައިވަންތަކަމާއެކު ސާބިތުވެ ތިބުމަށް ވެސް ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.  އޭނާ ވިދާޅުވީ މިވަގުތު ޑީއާރްޕީގެ މަގުސަދަކަށް ވާންޖެހޭނީ ކައުންސިލު އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި އެކަން ވާނީ ޑީއާރްޕީގެ ތެރޭގައި އެހެން ވިސްނުންތަކަށް ޖާގާ ނުދޭނަމަ ކަމަށެވެ."އެއަށް ފަހު މުޅި ވިސްނުން ގެންގުޅެންވީ 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން. އެކަންކަން އަޅުގަނޑުމެނަށް ކުރެވޭނީ އެއްވިސްނުމެއްގައި އެއް އަމާޒަކަށް އަޅުގަނޑުމެންގެ އިންތިހާބުވެފައިވާ ލީޑަރުގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެގެން،" ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ