މުލަކު ގޮނޑުދޮށުން އިންސާނެއްގެ ކަށިގަނޑުގެ ބައެއް ފެނިއްޖެ

މ. މުލަކު ގޮނޑުދޮށުން އިންސާނެއްގެ ކަށިގަނޑުގެ އެއްބައި ފެނިއްޖެ އެވެ. ފުލުސް އޮފީހުން ބުނީ، މިއަދު ހެނދުނު 10:30 ހާއިރު މުލަކު އިރުމަތީ ފަރާތު ގޮނޑު ދޮށުން އެ ކަށިގަނޑު ފެނުނު އިރު އޮތީ ހަމައެކަނި ހަށިގަނޑުގެ މަތީބައި ކަމަށެވެ. އެހެން ކަމުން އެއީ ކޮން ޖިންސެއްގެ މީހެއް ކަން އަދި ބުނަން ދަތި ކަމަށް ފުލުސް އޮފީހުން ބުންޏެވެ. "އެ ކަށިގަނޑު ފެނުނީ ގޮނޑުދޮށަށް ފޭބި އެ ރަށު ޓީޗަރަކަށް. ކަށިގަނޑު އޮތީ ބޮލާއެކު. އެކަމަކު ކަށިގަނޑުގެ ތިރީ ބައެއް ނެތް." ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ބެލުމުގެ ދަށަށް އެ ކަށިގަނޑު ގެންގޮސް، ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އެ ރަށު ވެރިއެއްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ