ރައީސް ނަޝީދު ޝަރީއަތް ހަތަރު ހަފުތާއަށް ފަސްކުރަން ކޯޓުން ނިންމައިފި

17:46 މިއަދުގެ އަޑު އެހުމުގައި ފަނޑިޔާރުން ކަންތައް ކުރިގޮތުން ހައިރާންވެވަޑައިގެންނެވި ކަމަށް ރައީސް ނަޝީދުގެ ވަކީލުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝާއިރު ދެންމެ ވިދާޅުވެއްޖެ.
17:44 ޝަރީއަތް ފަސްކުރުން ރައީސް ނަޝީދު އެދިވަޑައިގެންނެވުމުން އެގޮތަށް އަމަލުނުކުރުމަށް ކޯޓުން ނިންމިކަމަށާއި ނަމަވެސް އެހިސާބުން ނަޝީދުގެ ލޯޔަރުންގެ ޓީމުން ދެއްކެވި ވާހަކަތަކަށާއި ޕީޖީގެ ވަކީލުންގެ ވާހަކަތަކަށް ބަލާފައި އެންމެ ފަހުން ފަނޑިޔާރުން ވަނީ ހަތަރު ހަފުތާއަށް ފަސްކުރިކަން އިއުލާނުކުރި.
17:40 ރައީސް ނަޝީދު ކާރަށް އަރައިވަޑައިގެން ޖަސްޓިސް ބިލްޑިންގ ކައިރިން ވަޑައިގެންފި.
17:39 ނަޝީދުގެ ޝަރީއަތް ހަތަރު ހަފުތާއަށް ފަސްކުރީ ޕީޖީގެ އިއުތިރާޒެއް ނެތުމުން.
17:38 ނަޝީދުގެ ޝަރީއަތް ހަތަރ ހަފުތާއަށް ފަސްކޮށްފި
17:33 ހަމަނުޖެހުމުގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީގެ އަންހެން މެމްބަރުން ދޫކޮށްލައިފި ކަމަށް އެމްޑީޕީން ބުނެފި
17:56 ނަޝީދު ދޫކޮށްލައިފިކަމަށް މާރިޔާ ވިދާޅުވެއްޖެ.
17:23 ރައިސް ނަޝީދުގެ މައްސަލައިގެ މިއަދުގެ އަޑު އެހުން ނިމިއްޖެ.
17:08 ރައީސް ނަޝީދުގެ މައްސަލާގެ ހެކިންގެ ގޮތުގައިކުރީގެ ޕޮލިސް ކޮމިޝަނަރ ފަސީހު ހާޒިރުވެވަޑައިގެންފައިވާކަމަށް ބުނޭ.
16:50 މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ފުލުހުން ވަދެ އިތުރު އަންހެނަކު ހައްޔަރުކޮށްފި.
16:32 އެފްޑީއައި ކައިރީގައި ފުލުހުން ޖަހާފަފައި ހުރި ބެރިކޭޑްތައް ދުރަށް ޖައްސަން މަސައްކަތް ކުރި އަންހެނަކު ފުލުހުން ހައްޔަރުކޮށްފި.
16:19 ތުނިކޮށް ވެހެމުން ދިޔަ ވާރޭ މިހާރުވަނީ ބޯކޮށްލާފައި.In the rain twitter.com/BlackTux77/sta…— Yellow Maldives ® (@yellow_maldives) March 6, 201316:18 ޝަރީއަތް ފަށައިފި.
16:12 ޖަސްޓިސް ބިލްޑިންގާ ހަމައަށް ދެވެން އޮތް މަގުތައް ބަންދުކޮށްފައިވާ އިރު އެސަރަހައްދުތަކަށް އެއްވެ އެމްޑީޕީ ސަޕޯޓަރުންދަނީ ޝުއޫރުފާޅު ކުރަމުން.Rain or sun MDP will do the best to have our president back twitter.com/BlackTux77/sta…— Yellow Maldives ® (@yellow_maldives) March 6, 2013ރައީސް ނަޝީދު ކޯޓަށް ވަދެވަޑައިގަންނަވަނީRaees dhenme vadaigannavaifi twitter.com/mp_rasheed/sta…— Ahmed Rasheed (@mp_rasheed) March 6, 201316:58 މާރިޔާދީދީ ހުއްޓުވާފައިވަނީ ބެރިކޭޑާ ހަމައިން ކަމަށާއި އެތެރެއަށް ވަދެވޭނީ ކޯޓުން ހުއްދަ ލިބުމުން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް މާރިޔާ ސީއެންއެމަށް ވިދާޅުވެއްޖެ.
15:58 ރައީސް ނަޝީދުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މާރިޔާ އަހުމަދު ދީދީ ކޯޓަށް ނުވެއްދި.
15:56 ޖަސްޓިސް ބިލްޑިންގަށް ދެވެން އޮތް މަގުތައްވަނީ ބަންދުކޮށްފައި، ޝަރީއަތަށް ވަނުމަށް އެމްޑީޕީ މަޖިލިސް ގިނަ މެމްބަރުންތަކެއްވަނީ ހާޒިރުވެވަޑައިގެންފައި.Near Hulhumale court twitter.com/phaxyn/status/…— Mohamed Fazeen (@phaxyn) March 6, 201315:55 ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ސީޕީ އަހުމަދު ފަސީހު ކޯޓަށް ވައްދައިފި
15:52 ރައީސް ނަޝީދު ފުލުހުންގެ ބަންދުގައި ކޯޓަށް ހާޒިރުކޮށްފި.
ރައީސް ނަޝީދުގެ ގާނޫނީ ޓީމުގެ ބޭފުޅުން ކޯޓަށް ވަޑައިގަންނަވަނީ.#MDPlive raees nasheed ge dhe lawyerun cout ah dhuruvehje times.mv/view/8563twitter.com/timesmv/status… | @timesmv— YaarNu (@YaarNu) March 6, 2013------------------------------------
ޝަރީއަތަށް ހާޒިރު ކުރުމަށް ރައީސް ނަޝީދު މާލެ ގެނެސްފިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ