ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުލް މުހައިމިން އަށް ހޯމް މިނިސްޓްރީގެ އިސް މަގާމަކަށް އައްޔަން ކުރައްވައިފި އެވެ.
ޢަބްދުލް މުހައިމިނު އައްޔަނުކުރެއްވާފައިވަނީ ހޯމް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމަށެވެ. ހދ. ނޭކުރަންދޫއަށް ނިސްބަތްވާ ޢަބްދުލް މުހައިމިން ހޯމް މިނިިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރުގެ ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައިވަނީ އިއްޔެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހދ. މަކުނުދޫ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދަވާ މެމްބަރު މުހައްމަދު ރާއީއާ ގާތްގުޅުމެއް އޮންނަ މުހައިމިނަށް ހޯމް މިނިސްޓަރީގެ ސީނިއަރ އެގްޒެކްޓިވް ޑައިރެކްޓަރުމަގާމު ލިބުމުން މެމްބަރ ރާއީ ވަނީ ޢަބުދުލް މުހައިމިނަށް މަރުހަބާ ދަންނަވައި ޓްވީތް ކުރައްވާފަ އެވެ.
ހދ އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބުދުލް މުހައިމިން އަކީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ނޭކުރަންދޫ ކައުންސިލަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އަދި 2014 ވަނަ އަހަރު ހދ އަތޮޅު ކަައުންސިލްގެ ވައިކަރަދޫ ދާއިރާއަށް އިންތިހާބުވެ ހދ އަތޮޅު ކައުންސިލް މެންބަރުކަން ކުރައްވާފައިވާ ފަރާތެކެވެ. އޭގެ ފަހުންވެސް ޢަބުދުލް މުހައިމިން ފާހަގަކުރެވިފައިވަނީ އަތޮޅުތެރޭގެ ހައްގުގައި އަޑުއުފުލާ ބޭފުޅެއްގެ ގޮތުގައި އެވެ.
ޢަބްދުލް މުހައިމިން އަކީ މިސަރުކާރު ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރައްވާފައި ފަރޭތެކެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚަބުގައިވެސް އެމްޑީޕީގެ މެންބަރުން އިންތިހާބުކުރުމަށް އޭނާވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
ވައިކަރަދޫ ދާއިރާގެ ކުރީގެ ކައުންސިލަރު މުހައިމިނަށް ހޯމް މިނިސްޓްރީގެ އިސް މަގާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ