ސައުދީ އަރަބިއްޔާގެ އިގްތިސާދީ ދާއިރާގެ ބޭފުޅުންނާއި އިގްތިސާދީ މުއައްސަސާތަކުގެ ވެރިން ހިމެނިވަޑައިގަންނަވާ ވަފްދެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެ ވަޑައިގެން ވަފްދުގައި 16 ބޭފުޅުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ސައުދީގެ ގިނަ ވުޒާރާތަކާއި ފަންޑުތަކުގެ ވެރިން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަމައެއާއެކު ސައުދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރުންނާއި އިގްތިސާދީ މުއައްސަސާތަކުގެ އިސްވެރިން މި ވަފްދުގައި ހިމެނިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ އިގްތިސާދީ ދާއިރާގެ ވަފްދެއް މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު މާލެއަށް ދިމާވި ފެނުގެ ކާރިސާގައި ސައުދީގެ ވިޔަފާރިވެރިއަކު ވަނީ ފެނުގެ ކާރިސާއާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ފެން ފަންޑަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކުރައްވާފައި އެވެ. އަދި އެ ފައިސާ ވަނީ ފިނޭންސް މިނިސްޓްރީއަށް ހަވާލުކުރައްވާފައި އެވެ.
އަދި މިއަހަރުގެ ކުރީ ކޮޅު ސައުދީ އަރަބިއްޔާގެ ވަލީ އަހުދު ސަލްމާން ބިން އަބުދުއް އަޒީޒު އަލް ސައުދު ވަނީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ރާއްޖެއަށް ގިނަގުނަ އެހީތަކެއް ވެދެއްވާފައި އެވެ.
ސައުދީގެ އިގްތިސާދީ ދާއިރާގެ ވަފްދެއް ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ