އަފްޣާނިސްތާނަށް ބޭނުންވާ ކަރަންޓް އިމްޕޯޓްކުރުމަށްޓަކައި ތަޖިކިސްތާންގެ ތަޖިކް އިލެކްޓްރިސިޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތާލިބާނުން އޯގަސްޓްގައި އަފްޣާނަށް އަރައިގަނެ ވެރިކަން ޖަހައިގަތް ފަހުން ކަރަންޓްގެ ޚިދުމަތް އުޅެނީ އެކަށިގެންވާ ވަރަށް ވުރެވެސް ދަށުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަފްޣާނަށް އަހަރަކު 850 މެގަވޮޓްގެ ކަރަންޓް ބޭނުންވެ އެވެ. އެއީ އަދި އެއްވެސް ކަހަލަ ސިނާއީ މަސައްކަތްތެރިކަމެއް ނެތް ހާލަތުގަ އެވެ. އަފްޣާންގެ ހާލަތު ހެޔޮ ފާލަށް އެޅި ހިނގައިގަތުމުން ކަރަންޓް ބޭނުންވާ ވަރު އަދި އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އަފްޣާންގައި އިންސާނީ ހައްގުތަށް ކަށަވަރު ނުކުރެވި އޮތީ ވަރަށް ދެރަ ހާލުގަ އެވެ. ތާލިބާނުން ވެރިކަމާ ހަވާލުވި ފަހުން ދުނިިޔޭގެ މާލީ އިދާރާތަކުން ވަނީ އެހީ ކަނޑާލާފަ އެވެ. އަނެއްކޮޅުން އަފްޣާނަށް ލިބެން ހުރި އެތައް ފައިސާއެއް އެމެރިކާއިން ވެސް ވަނީ ހިފަހައްޓާފަ އެވެ.
ތާލިބާނުން އަފްޣާންގައި ސިޔާސަތު ކަނޑައަޅަމުން ގެންދަނީ ދުނިޔެ ބަލައިގަންނަ ގޮތަކަށް ނޫނެވެ. ތަޖިކިސްތާނުން ކަރަންޓް ހޯދުމުގައި ވެސް މިއުނދަގޫތައް ކުރިމަތިވި އެވެ.
އދ. އިން ބުނާ ގޮތުން އެޖަމާއަތުން ބަލައިގެންފައި ހުރި ސިޔާސަތުތަކަށް ބޯލެނބުމަކީ ތާލިބާނުން ކުރަން އެދޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ދުނިޔޭގެ ގައުމުތަކާ އެކު އޮތުމަށްޓަކައި އެއްބަސްވެ އަމަލުކުރަން ޖެހޭ މުއާހަދާތައް ހުންނަ ކަމަށް އެޖަމާތުން ބުންޏެވެ.
އަފްޣާނިސްތާން އާއި ތަޖިކިސްތާން އެއްބަސްވި ކަރަންޓް އެގްރީމަންޓް ދެމިއޮންނާނީ 2022ގެ ނިޔަލަށެވެ. އެވެސް ޝަރުތުތަކެއްގެ މަތިންނެވެ.
ތަޖިކިސްތާނުން ބުނީ ސިޔާސީ ގޮތުން އަފްޣާން ކުރާ ކަމެއްގެ ސަބަބުން ތަޖިކިސްތާނަށް ދަތިތަކެއް ކުރިމަތިވެގެން ނުވާނެ އެވެ.
އަފްޣާނަށް ތަޖިކިސްތާނުން ކަރަންޓް ވިއްކަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ