މައްސަލަތައް ލަސްކުރާ ކަމަށް ބުނެ ގާޒީ ހާފިޒާގެ މައްސަލަ ޖޭއެސްސީއަށް

ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ހުކުމް އިއްވުން ލަސްވާ ކަމަށް ބުނެ، އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ. ހާފިޒާގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރެވެ. ނާޒިމް ވިދާޅުވީ ގާޒީ ހާފިޒާގެ ސެކްޝަންގައި ހިނގަމުންދާ އޭނާގެ މުވައްކިލުންގެ މައްސަލަތައް ބެލުމުގައި ވަރަށް ބޮޑަށް ލަސްވަމުން ދާކަމަށެވެ. އަދި އެތައް ފަަހަރަކު އެދުމުން ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައިނުވާކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވަކީލް ނާޒިމް ވިދާޅުވީ އޭނާގެ މުވައްކިލުންގެ މައްސަލަތަކާ ގުޅޭގޮތުން ފޮނުވާ ސިޓީތަކަށް ޖަވާބު ލިބުމުގައި ވެސް ގާޒީ ހާފިޒާގެ ސެކްޝަނުން ލަސްވާކަމަށެވެ. ހަމައެއާއެކު އެޕްރީލް މަހުން ފެށިގެން ފޮނުވި އެއްވެސް ސިޓީއަކަށް އަދިވެސް ޖަވާބު ލިބިފައިވާ ނުވާކަމަށް ވަކީލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޖުޑީޝަލް ސާވިސަސް ކޮމިޝަނުން އެ މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ނާޒިމްވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ