ސިފައިން ލަންވާ މީހުން ހިފާހައްޔަރުކުރުކޮށް ރަހީންކުރުމަކީ އިންސާނިއްޔަތާއި ޚިލާފު ޖަރީމާއަކަށް ވާއިރު ސަރުކާރުގެ މިފަދަ އަމަލުތަަކަކީ ކުށެއްނޫން ކަމަށް ދެއްކުމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވާހަކަދައްކަވާފައިވާ ކަމަށާއި އެ ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ގައުމީ ޕާޓީން މިއަދު ބުނެފި އެވެ. ގައުމީ ޕާޓީން މިހެން މި ބުނީ ސިފައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށްގެން އުޅެނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ނަސީމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގާނޫންއަސާސީން ކަށަވަރުކޮށްދީފައިވާ ގޮތުގައި ފަނޑިޔާރުން އައްޔަންކުރުމާއި ވަކިކުރުމަކީ ޖުޑީޝަލް ސާވިސް ކަމިޝަންގެ ބާރެއް ކަމަށާއި ގާނޫންއަސާސީގައި ބުނާގޮތުން ރައީސުލްޖުމުހޫރިއްޔާ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކޮންމެ އިރަކު ސިފައިން ފޮނުވައިގެން ގާނޫންއަސާސީއާ ޚިލާފަށް ފަނޑިޔާރުން ހިފާހައްޔަރުކޮށް މަގާމުން ވަކިކުރެވޭ އުސޫލެއް ނޯންނަ ކަމަށެވެގާނޫންއަސާސީގައި ބުނާގޮތުން ޝަރީއަތްކޮށް ހުކުމްކުރުމުގެ ބާރަކީ ޝަރުއީ ކޯޓުތަކަށާއި ފަނޑިޔާރުންނަށް ލިބިދީފައިވާ ބާރެއް ކަމަށާއި ހިތްޕުޅަށް އަރާވަޑައިގެންނެވި ކޮންމެ ވަގުތަކު ކުށްވެރިޔަކީ ކާކުކަން ކަނޑައަޅައި ހުކުމްކުރުމުގެ ބާރެއް ރައީސުލްޖުމުހޫރިއްޔާއަކަށް ވެސް އަދި ވަޒީރުންނަކަށް ވެސް ލިބިގެން ނުވާ ކަމަށް ބަޔާނުގައިވެ އެވެ.ގައުމީ ޕާޓީން ބުނީ މީހުން ހިފާހައްޔަރުކުރުމާއި ތަހުގީގުކުރުމާއި ޝަރީއަތަށް ފޮނުވުމަކީ ވެސް ގާނޫންތަކުގެ ތެރެއިން އެކަމަށް ޚާއްސަވެފައިވާ މުއައްސަސާތަކުން ކުރަން ހަމަޖެހޭ ކަންކަން ކަމަށާއި ރައީސުލްޖުމުހޫރިއްޔާ ނުވަތަ ވެރިކަންކުރާ ޕާޓީއިން ބޭނުންވީމާ ބޭނުންމީހަކު ހިފާ ހައްޔަރުކުރުމުގެ އުސޫލެއް ނޯން ކަމަށެވެ. "އެއީ މާކުރީގައި ޚުދުމުޚުތާރު ވެރިކަންކުރި ޒަމާނުގެ އަމަލުތަކެ"އް ކަމަށް އެ ޕާޓީގެ ބަޔާނުގައިވެ އެވެ."ގައުމު ހަނގުރާމައިގެ ހާލަތުގައި، ނުވަތަ ކުއްލި ހާލަތު އިއުލާންކުރެވިފައިވާ ހާލަތުގައި ވެސް ހިފިހެއްޓިގެންނުވާނެ ހައްގުތަކެއް އަބްދުﷲ ގާޒީގެ ކިބައިގެން ނިގުޅައިގަނެވި ވާހިނދު، ނަޝީދުގެ ސަރުކާރުގެ ވަޒީރުންނާއި އެކި ފެންވަރުގެ ބޭބޭފުުޅުން، މިހުތުރު އަމަލަކީ ކުށެއްނޫން ކަމަށް ދެއްކުމަށް ދައްކަމުންދާ ވާހަކަތަކާއި ބަހަނާތަކަކީ ގާނޫނާއި ޚިލާފުވުމަށާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ނަޝީދުގެ ސަރުކާރުން ފެންބޮވައިގެންފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ދަލީލެކެވެ،" ބަޔާނުގައިވެ އެވެ. "ދިވެހިރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި
ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫންއަސާސީން ލިބިދީފައިވާ އިންސާނީ
އަސާސީ ހައްގުތަކަކީ ކޮބައިކަން ފޮރިން މިިނިސްޓަރު އަހުމަދު ނަސީމަށް
އޮޅިވަޑައިގެންފައިވުމީ އެމަނިކުފާނު މަގާމަށް ކުފޫހަމަވާ ކަމާމެދު ސުވާލު
އުފެދޭ ކަމެކެވެ."ގައުމީ ޕާޓީން އިތުރަށް ބުނީ ސުޕްރީމް ކޯޓުން ކުރާ އަމުރުތަކަށް ތަބާނުވެ، އެ އަމުރުތަކަށް ތަބާނުވުމުގެ ހުއްޖަތަކީ ފޮރިން މިނިސްޓަރީގައި މަސައްކަތްކުރައްވާ ވަކީލުން ކަމުގައި ދެއްކުމަކީ ފޮރިން މިނިސްޓަރު ކުރައްވާ ފިނޑި އަމަލެއް ކަމަށާއި ސަރުކާރުގެ ވަޒީރުން ސުޕްރީމް ކޯޓުގެ އަމުރުތަކަށް ގޮންޖައްސަވާ ގާނޫނާއި ޚިލާފު އަމަލުކުރުމަށް ހިތްވަރު ލިބޭފަދަ ވާހަކަތައް ދައްކަވާ ދެއްކެވުން ތަހުގީގުކޮށް ބެލެންޖެހޭނެ ކަމަށް ދެކޭ ކަމަށެވެ.ފޮރިން މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ނަސީމް ވިދާޅުވީ ސިފައިން
ލައްވާ މީހުން ހައްޔަރުކުރުމުގެ އިޚްތިޔާރުތަކެއް ބައެއް ހާލަތްތަކުގައި
ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ހުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް
ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވަނީ ބަންޑާރަ ނާއިބުގެ ލަފާ
ހޯއްދަވައިގެންތޯ ދެންނެވުމުން ނަސީމް ވިދާޅުވީ ފޮރިން މިނިސްޓްރީގައި ވެސް
ގާނޫނީ ވަކީލުން ތިއްބަވާ ކަމަށާއި މިނިސްޓްރީން ވެސް ގާނޫނީ ދިރާސާތައްކުރާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލބިފައި އޮތް މިންވަރުން މީނާ [އަބްދުﷲ ގާޒީ]
އެކަހެރިކުރެއްވުމަކީ ގާނޫނީ ހުދޫދުން ބޭރުން ކުރެއްވި ކަމެއް ކަމަކަށް
އަޅުގަނޑެއް ނުދެކެމޭ. އަޅުގަނޑު ޚާރިޖީ ވުޒާރާއަކުންނެއް އެ ގޮތަކަށް
ނުދެކެމޭ،" ނަސީމް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ނޫން ކަމަށް ފޮރިން މިނިސްޓަރު ވިދާޅުވުމުން ގައުމީ ޕާޓީން ރައްދުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ