09: 23
އާ ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބުގެ ވޯޓްލުން އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކުރައްވައިފި އެވެ.
ދަރުބާރުގޭ ފަންސަވީސް މާލަމުގައި މިރޭ ބޭއްވި އެ ކޮމިޝަންގެ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ، އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިޚާބުގެ ވޯޓްލުން އޮންނާނީ އެ ދުވަހުގެ ހެނދުނު 9 ން އެ ރޭގެ 8 އަށް ކަމަށެވެ. ވޯޓް ގުނަން ފަށާނީ ވޯޓްލާ ނިމުމާއެކު އެ ރޭގެ 9 ން ފެށިގެން ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. އަދި އިންތިޚާބުގެ ފައިނަލް ނަތީޖާ އޮކްޓޯބަރު 9 ވަނަ ދުވަހުގެ ރޭ 30؛ 11 ގައި އިއުލާންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހީމް މިރޭ ހާމަކުރެއްވި އިއުލާންގައިވާ ގޮތުން، ކުރިއަށް އޮތް ރިއާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މި ސެޕްޓެމްބަރު މަހުގެ 17 ވާ ބުދަ ދުވަހުން (މާދަމާ) ފެށިގެން މި މަހުގެ 21 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
ގާނޫނު އަސާސީގެ ދަށުން އެކުލަވާލަންޖެހޭ ރިއާސީ އިންތިޚާބުގެ ގާނޫނުގެ ބިލް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފަ އެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ މިއަދު ވަނީ އެ ބިލް ތަސްދީގުކުރައްވައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރައްވައިފަ އެވެ.
38: 22
އާ ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބުގެ ވޯޓްލުން އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކުރައްވައިފި އެވެ.
ދަރުބާރުގޭ ފަންސަވީސް މާލަމުގައި މިރޭ ބޭއްވި އެ ކޮމިޝަންގެ ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު އިބްރާހިމް ވިދާޅުވީ، އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިޚާބުގެ ވޯޓްލުން އޮންނާނީ އެ ދުވަހުގެ ހެނދުނު 9 ން އެ ރޭގެ 8 އަށް ކަމަށެވެ. ވޯޓް ގުނަން ފަށާނީ ވޯޓްލާ ނިމުމާއެކު އެ ރޭގެ 9 ން ފެށިގެން ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ. އަދި އިންތިޚާބުގެ ފައިނަލް ނަތީޖާ އޮކްޓޯބަރު 9 ވަނަ ދުވަހުގެ ރޭ 30؛ 11 ގައި އިއުލާންކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.(ތަފުސީލު އަންނަނީ)
ރިޔާސީ އިންތިޚާބުގެ ވޯޓްލުން އޮކްޓޯބަރު 8 ގައި ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ