މާލެއިން ކޮވިޑް19 ފެނިފައިވާ މި ދަނޑިވަޅުގައި ކަރަންޓު މީޓަރުގެ ފޮޓޯ ނެގުމަށްފަހު ސްޓެލްކޯ އަށް ފޮނުވާލަ ދިނުމަށް އެ ކުންފުނިން އެދިއްޖެއެވެ.
އެކުންފުނިން މިގޮތަށް އެދުނީ ކޮވިޑް19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތުގައި މީޓަރުގެ ރީޑިންގ ނަގަން ގޭގެއަށްވަދެ އުޅުމަކީ ގޭގޭގައި ދިރިއުޅުއްވާ ފަރާތްތަކަށާއި އެ ކުންފުނީގެ މުވައްޒަފުންނަށްވެސް ރައްކާތެރި ގޮތަކަށް މި ހާލަތުގައި ނުވާތީއެވެ.
އެގޮތުން މީޓަރުގެ ފޮޓޯ ނެގުމަށްފަހު އެ ކުންފުނީގެ ވެބް ޕޯޓަލް www.stelco.com.mv/smr މެދުވެރިކޮށް ފޮނުއްވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކަރަންޓުގެ ޚިދުމަތަށް ބިލްކުރުމުގައި އެ ކުންފުނިން ޢަމަލުކުރަމުން އަންނަ ގޮތުގެ މަތީން، މިނހިގާ އޭޕްރީލް މަހުގެ ބިލް ހެދުމަށްޓަކައި ގްރޭޓާ މާލެ ސަރަހައްދުގެ ކަަސްޓަމަރުން ވީ އެންމެ އަވަހަކަށް އެ ކުންފުނީގެ ވެބް ޕޯޓަލްއަށް މީޓަރުގެ ފޮޓޯ ފޮނުއްވާދެއްވުން އެދޭ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ. އަދި އެކުންފުޏަށް ފޮޓޯ ފޮނުވެން ނެތް މީޓަރުތަކަށް ކުރިން އެތަނަކަށް ކަރަންޓު ބޭނުން ކުރައްވަމުންއައި މިންވަރަށާއި، މި ހާލަތުގައި އެތަނެއް ބޭނުންކުރައްވަމުން އަންނަގޮތަށް ބަލައި އެވްރެޖް ބިލެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.
“މިދެންނެވި ގޮތަށް އެވްރެޖްބިލެއް އަޅުގަނޑުމެން ހެދި ކަމުގައިވީނަމަވެސް‘ މިކުންފުނިން އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލަކީ ކަރަންޓުގެ ހިދުމަތް ބޭނުންކުރާ މިންވަރަށް ބިލުް ކުރުން ކަމުގައިވާތީ އެމިންވަރާއި އެއްހަމަ ކުުރުމަށްޓަކައި ފަހުން ފޮނުވޭ ބިލްތަކަށް އެޑްޖަސްޓްމަންޓް ނުވަތަ ބަދަލުތަކެއް ގެނެވިގެންދާނެ އެވެ. އަދި މިގޮތަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އެއްވެސް ގެއެއްގެ ބިލް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން މިކުންފުނިން އަރުވަމެވެ،” ސްޓެލްކޯ އިން ބުންޏެވެ.
މި ޚާއްޞަ ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްޓަކައި، ބިލަށް ފައިސާ ދެއްކެވުމަށް އެ ކުންފުނީގެ އެޕްލިކޭޝަނާއި، ވެބްސައިޓް ބޭނުން ކުރެއްވުމަށްވެސް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަރަންޓު މީޓަރުގެ ފޮޓޯއެއް ނެގުމަށްފަހު ފޮނުވުމަށް ސްޓެލްކޯ އިން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ