ހެންވޭރުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ހެންވޭރު އަވަށުގެ ބަޔަކު މިއަދު ހަވީރު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކޮންމެހެން ކުރާންޖެހޭ މަސައްކަތެއް ކުރުމަށް ޓަކައި މިއަދުގެ ހަވީރު 16:00 އިން ފަށައިގެން 17:00އަށް ހެންވޭރުގެ ބައެއް މަގުތަކާއި ގޯޅިތަކުން ކަރަންޓު ކަނޑަން ޖެހިދާނެ ކަމަށެވެ.އެގޮތުން ކަރަންޓް ކަނޑާލަން ނިންމާފައިވަނީ ހެންވޭރު ރޯޝަނީ މަގާއި، ރޯޝަނީ ގޯޅީގެ އިތުރުން ކަސްތޫރި މަގާއި، ކާނި ގޯޅިއާއި، ސޯސަންމަގު ހިމެނޭ ސަރަހައްދުންނެވެ.ތަފާތު މަސައްކަތްތައް ކުރުމަށް ޓަކައި އާބާދީ ބޮޑު ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑާލަން ޖެހެއެވެ.ސްޓެލްކޯއިން ބުނީ ކަރަންޓަކީ ރައްޔިތުންގެ އަސާސީ ހައްގަކަށް ވުމުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަމެއް ދިމާވިޔަސް އެއްވެސް ސަރަހައްދަކުން ކަރަންޓު ކަނޑާނުލާ މައްސަލަ ހަމަޖެއްސޭތޯ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ