ކުނި އަންދައިގެން ކަރަންޓު އުފައްދަން ގެނައި ޕްލާންޓް އައްޑޫގައި ރާވަން ފަށައިފި

ރާއްޖޭގައި އެންމެ ދެކުނުގައި، އައްޑޫ ސިޓީގައި ގާއިމުކުރާ ވޭސްޓް އެނާޖީ ޕްލާންޓް ރޭވުމުގެ މަސައްކަތް ފަށައިފި އެވެ.
“ސްމޯލް ސްކޭލް ވޭސްޓް ޓު އެނަޖީ” ގެ ނަމުގައި ކުނިން ހަކަތަ އުފައްދަން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫއުއަކީ ގްރީން ޓެކްސް ފަންޑުން 106 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މަޝްރޫއު ހަވާލުކޮށްފައިވަނީ ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ލޮޓަސް/ކުންވާ ޖޮއިންޓް ވެންޗާއާ އެވެ.
އެންވަޔަރަމެންޓް މިިނިސްޓްރީން މިއަދު ބުނީ، އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބަހައްޓާ ވޭސްޓް އެނާޖީ ޕްލާންޓް ރޭވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުން ޑިޒަިއިންކޮށް އުފައްދައިގެން ރާއްޖެ ގެނައި އެ ޕްލާންޓުން ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން 1.5 މެގަވޮޓްގެ ކަރަންޓު އުފައްދާނެ އެވެ. އެއީ އައްޑޫއަށް ބޭނުންވާ ކަރަންޓުގެ 25 އިން ޕަސެންޓެވެ.
މިނިސްޓްރީން ބުނީ އެ ޕްލާންޓުން އުފައްދާ ކަރަންޓުގެ 500 ކިލޯވޮޓް ކަރަންޓު ބޭނުން ކުރާނީ އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށާއި ބާކީ އެއް މެގަވޮޓް ކަރަންޓު، އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑާ ގުޅާލަން ހަމަޖެހިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ