މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކަރަންޓް ސަބްސިޑީޒް ލިބޭ ފަރާތްތަކަށް ފިއުލް ސާ ޗާޖް ދައްކައިދޭ ހަމަޖައްސައިފި

10:00މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމޭނޭ ސަރަހައްދުތަކުގެ ކަރަންޓް މީޓަރުތަކުގެ ތެރެއިން ކަރަންޓް ސަބްސިޑީ ލިބޭ ފަރާތްތަކަށް ފިއުލް ސާޗާޖް މި މަހުން ފެށިގެން ދައްކައިދޭ ގޮތަށް އެންސްޕާ އިން ހަމަޖައްސައިފި އެވެ.ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ މިގޮތަށް ހަމަޖެއްސެވީ ކަރަންޓް ސަބްސިޑީ ލިބޭ ފަރާތްތަކަށް އިތުރު ލުއެއް ހޯދައިދިނުމަށް ކަމަށާއި މި ހިދުމަތް ހޯދުމަށް އަލުން އެއްވެސް ފޯމެއް ފުރަން ނުޖެހޭނެ ކަމަށެވެ. އަދި މިގޮތަށް ހަމަޖެހިގެން ދިއުމާ ގުޅިގެން ކަރަންޓް ސަބްސިޑީގެ ގޮތުގައި 400 ރުފިޔާ ލިބޭ ފަރާތްތަކުގެ ފިއުލް ސާޗާޖް އެއްކޮށް، އަދި 400 ރުފިޔާ އަށްވުރެ މަތިން ކަރަންޓް ސަބްސިޑީ ލިބޭ ފަރާތްތަކަށް ފިއުލް ސާޗާޖްގެ 60 ޕަސެންޓް އެންސްޕާ އިން ދައްކައިދޭނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ