މެމްބަރު ޝާޑް ޓޫރިޒަމް މިނިސްޓަރާއި އެކު މިރޭ އައްޑޫއަށް!

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި ހުޅުދީ ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝާހިދް (ޝާޑް) މިރޭ އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން މެމްބަރ ޝާޑް ވިދާޅުވީ، ޓޫރިޒަމް މިނިސްޓަރ އައްޑޫ ކުރައްވާ ޒިޔާރަތަކީ ފަތުރުވެރިކަމުގެ ކަންކަން އައްޑޫގައި ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށާއި، އިސްމެހެލާ ހެރަ މަޝްރޫއު އާއި ގެސްޓް ހައުސްތަކަށް ބިން ދޫރުމާއި ގުޅޭ ކަންކަން ބައްލަވާ ލެއްވުމަށްކަމަށެވެ.
ފަތުރުވެރިކަމާއި މިނިސްޓަރ ޒަމީރު ހަވާލުވެވަޑައިގަތް ފަހުން މީ ރާއްޖޭގެ އަތޮޅަކަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
ޝާޑް ވިދާޅުވީ އެއްދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ ފޭދޫ ރައްޔިތުންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތްވެސް މިނިސްޓަރ ބައްލަވާ ލައްވާނެކަމަށެވެ.
މިހަފްތާގައި ފިނޭންސް މިނިސްޓަރ ޖިހާދުވެސް ވަނީ ދެ ފަހަރެއްގެ މަތިން އައްޑޫއަށް ވަޑައިގެން ސަރުކާތުގެ މުވައްސަސާތަކާއި، އެއާޕޯޓް މަސައްކަތް ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ