ފެމިލީ ކޯޓުގެ ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމައިފި
ފެމިލީ ކޯޓުގެ ގާޒީ އިބްރާހިމް އަލީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.ފެމިލީ ކޯޓުގެ ގާޒީ ކަމަށް 2012 ގައި އައްޔަންކުރި އިބްރާހިމް އަލީ ކްރިމިނަލް ކޯޓަށް ބަދަލުކުރީ އެގޮތަށް އޭނާ އެދިވަޑައިގަތުމުންނެވެ. އޭނާ ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީ އިން ނިންމިޔަސް އޭނާ އެ ކޯޓަށް ނިކުމެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.ގާޒީ އިބްރާހިމް ކްރިމިނަލް ކޯޓަށް ބަދަލުކުރަން ނިންމިއިރު އެ ކޯޓަށް ދެ ފަނޑިޔާރަކު ހޯދަން ވެސް ޖޭއެސްސީން ވަނީ އިއުލާންކޮށްފަ އެވެ.ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެ މަރުހަލާގެ އެހެން ކޯޓުތަކަށް ބަދަލު ކުރެވޭނީ ސުޕްރީމް ކޯޓުގެ ހުއްދަ ލިބިގެން ކަމަށް އެ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު ގާޒީ އިބްރާހިމް ބަދަލުކުރަން ޖޭއެސްސީން ނިންމީ އެގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސުމުގެ ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ