ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 24 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ބ. އޭދަފުށީ ދިގަލި، މުހައްމަދު ވަހީދު (ދިގަލި) ވެސް ހައި ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ޑިޒާސްޓަ ސެންޓަރުން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބެލެވޭތީ އޭސީސީން ކުރި ތަހުގީގަކާ ގުޅިގެން ހައްޔަރުކުރީ އެ ސެންޓަރުގެ އިސް ވެރިއަކަށް ކުރިން ހުންނެވި ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މއ. އެވަގްލޯރީ އަހުމަދު އާރިފު (އާއްޓޭ) އާއި ބ. އޭދަފުށީ ދިގަލި މުހަންމަދު ވަހީދާއި ގދ. ހޯނޑެއްދޫ ފޭރުމާގޭ އަބްދުﷲ ސައީދާއި ހ. ރަބީއީ މަންޒިލް މުހަންމަދު ޝާހިދެވެ. މީގެ ތެރެއިން މުހަންމަދު ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ބޭބެ އެވެ. އޭނާ ވެސް މީގެކުރިން ވަނީ ހައި ކޯޓުން ދޫކޮށްލައިފަ އެވެ.
އޭގެ ތެރެއިން ގިނަ ބަޔަކު ދޫކޮށްލާފައި ވަނީ އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދިން 15 ދުވަހުގެ މުއްދަތުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބެލުމަށްފަހު އެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ނެރުއްވި ޚާއްސަ އޮޑިޓް ރިޕޯޓެއްގައި ވިދާޅުވެފައި ވަނީ 2005 ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކެއްގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ އަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީ އިން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ޑިޒާސްޓާގެ ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު ވަހީދު ވެސް ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ