ސައްހަ ނޫން ކޯޓު އަމުރުގެ މައްސަލާގައި ކުރީގެ ޕީޖީ އާއި މާމިގިލީ ކޯޓުގެ ގާޒީ ހައްޔަރުކޮށްފި

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާކަން ދައްކަން ސައްހަ ނޫން ލިއުމެއް ތައްޔާރުކުރި މައްސަލާގައި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުހައްމަދު މުހުތާޒާއި އދ. މާމިގިލީ ކޯޓުގެ މެޖިސްޓްރޭޓް ގއ. މާމެންދޫ ވީނަސް އަހުމަދު ނިހާން 30، ރޭ ހައްޔަރުކޮށްފި އެވެ.ދެ މީހުން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.އިއްޔެ ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ސައްހަ ނޫން ލިޔުން ތައްޔާރުކުރީ އިއްޔެ ރޭ ދަންވަރު މާލެ އިން ބަޔަކު ރަށަކަށް ގޮސް، މެޖިސްޓްރޭޓް ކޯޓެއް ހުޅުވައިގެން، އެ ކޯޓުގެ ފަނޑިޔާރަކާ އެކުގައި ކަމަށެވެ.  ކޯޓުގެ ނަމުގައި އެ ލިޔުން ތައްޔާރުކޮށް، މާލޭގެ މަގުމަތީގައި ބާއްވައި ފުލުހުންގެ ބަޔަކާ ހަވާލުކުރަން މަސަކަތްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ރިޔާޒް ވިދާޅުވި ގޮތުގައި ލިޔުން ތައްޔާރުކުރި މީހުން މަސައްކަތް ކޮށްފައި ވަނީ ރައީސް ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރާ ކަން ދެއްކުމަށެވެ.އަދި މިވަގުތު އިނގިރޭސި ވިލާތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްްއެންޑީއެފްގެ އިސް އޮފިސަރަކަށް ގުޅުއްވައި، ރައީސް ޔާމީން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ހައްޔަރުކުރަން ބާރު އެޅުއްވި ކަމަށް ރިޔާޒް ވިދާޅުވި އެވެ.ނަޝީދުގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ