ކޮވިޑު-19 ގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގެ 45،000 މުވައްޒަފުންނަށް ވަނީ އަސަރުކޮށްފަ

ކޮވިޑު-19 ގެ ސަބަަބުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 45،000 އަށްވުރެ ގިނަ މުވައްޒަފުންނަށް އަސަރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީއިން ހެދި ރެޕިޑް އެސެސްމެންޓް އަކުން ދައްކައިފިއެވެ.މިގޮތުން އިކޮނޮމިކް މިނިސްޓްރީން އިން އާންމުކޮށްފައިވާ ރިޕޯޓުގައި ވާގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ 45،000 މުވައްޒަފުންނަށް ވަނީ އަސަރުކޮށްފައެވެ. އަދި އޭގެ ތެރެއިން 22،000 މުވައްޒަފުންނަކީ ދިވެހިންކަމަށް އެ ރިޕޯޓުގައިވެއެވެ. މީގެ އިތުރުން ރިސޯޓުތަކަށް ހިދުމަތް ފޯރުކޮށްދޭ އެހެން ގިނަ ފަރާތްތަކަށްވެސް ވަނީ އަސަރުކޮށްފައެވެ. އާންމު ގޮތެއްގައި ގިނަ ރިސޯޓުތަކުގައި ކުނި މެނޭޖު ކުރުމާއި، ޑައިވް ސެންޓަރު ހިންގުމާއި، ޕެސްޓް ކޮންޓްރޯލް ފަދަ ގިނަ ކަންކަން ކުރަނީ ރިސޯޓުން ބޭރުގެ ފަރާތްތަކާއި ހަވާލުކޮށްގެންނެވެ. އެ ރިޕޯޓުގައި ވާގޮތުން ރިސޯޓު މުވައްޒަފުންނަށް އަސަރުކޮށްފައިވަނީ 3 ގޮތަކަށެވެ. އެއީ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނާއި، ނޯ ޕޭއި ލީވްގައި ފޮނުވާފައި ތިބި މުވައްޒަފުންނާއި، ވަޒީފާ އިން ވަކި ނުކުރިނަމަވެސް މުސާރަ ކުޑަކުރެވިފައިވާ މުވައްޒަފުންނެވެ. އޭޕްރިލް އަދި ޖޫން މަސް ނިމެންދެން މިހާރު ވަޒީފާއިން ވަކި ނުކުރެވި ތިބި މީހުންގެ ވަޒީފާގެ ޔަގީންކަން އޮތް ނަމަވެސް ޖޫން މަހަށް ފަހު ވަޒީފާ ގެއްލުމުގެ ބިރު އޮތްކަމަށްވެސް އެ ރިޕޯޓުގައިވެއެވެ. އަދި މިހާރު ވަޒީފާ ގެއްލުފައި ތިބި ގިނަ ފަރާތްތަކަކީ ޕްރޮބޭޝަންގައި ތިބި މީހުންނާއި ކޮންޓްރެކްޓު އުސޫލުން މަސައްކަތް ކުރަމުންދިޔަ ފަރާތްތަށް ކަމަށްވެއެވެ. އަދި ޖުލައި މަހުގެ ފަހުން، ވަޒީފާގެ ޔަޤީންކަމެއް ގިނަ ރިސޯޓުތަކުގެ މުވައްޒަފުންނަށް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ