ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް ރިވިއު ކުރަން ތާއީދު ކުރައްވަން: މައުމޫން

ކުރީގެ ރައީސުންނަށް ދެމުންގެންދާ އިނާޔަތްތައް ރިވިއު ކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި، ކުރީގެ ރައީސުންނަށް ދެމުންގެންދާ އިނާޔަތްތައް ރިވިއު ކުރުމަކީ އެމަނިކުފާނު ތާއީދު ކުރައްވާ ކަމެއްކަމަށެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސް ވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 75،000ރ. ދޭން ޖެހެ އެވެ. އަދި ދިރިއުޅޭ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000ރ. ދޭން ޖެހެ އެވެ. މުޖްތަމައުއަށް ފައިިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާނަމަ އެ ކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000ރ. އާ ހަމައަށް ދޭން ޖެހެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އޮގްތިސާދު ހުއްޓި، ދައުލަތުގެ ހަރަދުތައް ވަނީ ކުޑަ ކުރުމަށްޓަކައި ސަރުކާރުން ވަނީ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް ވެސް ރިވިއުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ