ރައްޔިތުން ސުވާލު އުފައްދަނީ ޕްރޮޖެކްޓްތަކާއި ގުޅިފައިވާ ކޮރަޕްޝަނާ އިސްރާފާމެދު: އަމީން

އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ދިވެހިން ބޭނުންވާކަމާއިމެދު އެއްވެސް ރައްޔިތަކު ސުވާލެއް ނުއުފައްދާކަމަށާ ރައްޔިތުން ސުވާލު އުފައްދަނީ ޕްރޮޖެކްޓްތަކާއި ގުޅިފައިވާ ކޮރަޕްޝަނާ އިސްރާފާމެދުކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިން ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަމީން އިބްރާހިމް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މި ސަރުކާރުން ގައުމަށް ތަރައްގީ ގެނެސްދެއްވަމުން ގެންދަވާކަމަށާ ތަރައްގީގެ ދިދަ ނުޖަހާ އެއްވެސް ރަށެއް ނުބާއްވާނެކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ދިވެހިން ބޭނުންވާކަމާއިމެދު އެއްވެސް ރައްޔިތަކު ސުވާލެއް ނުއުފައްދާކަމަށެވެ. އަދި އެ ތަރައްގީ ރައްޔިތުން އިންތިހާއަށް ބޭނުންވާކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައްޔިތުން ސުވާލު އުފައްދަނީ މަޝްރޫއުތަކާއި ގުޅިފައިވާ ކޮރަޕްޝަނާ އިސްރާފާމެދުކަމަށާ އަދި މަޝްއޫރުތަކުގެ ތަރްތީބާއިމެދުކަމަށެވެ. އެހެންކަމުން އެކަން އޮޅުވާނުލުމަށް އެދޭކަމަށް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ