ޔޫއޭއީން ދިން 100 މިލިއަން ޑޮލަރު އިންޑިއާއިން ގަބޫލުނުކުުރުމުން ރައްޔިތުން ރަތަށް!

ކެރަލާއަށް ވިއްސާރަކޮށް ފެންބޮޑުވެ ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހުމާ ގުޅިގެން އެ ކާރިސާއިން އަރައިގަތުމަށް ޔޫއޭއީން ދިން 100 މިލިއަން ޑޮލަރުގެ އެހީ ގަބޫލުނުކުރުމަށް އިންޑިއާއިން ނިންމުމުން އެ ސްޓޭޓުގެ ރައްޔިތުން ވަރަށް ބޮޑަށް ރުޅިގަދަވެއްޖެއެވެ. އެހީ ގަބޫލުކުރަން އިންޑިއާއިން ދެކޮޅު ހެދުމުން ކެރަލާ ސްޓޭޓުގެ ލީޑަރުންވެސް ވަނީ ދިއްލީގައި ހުންނަ މައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ކެރަލާގެ ޗީފް މިނިސްޓަރު ޕިނަރަޔީ ވިޖެޔަންވެސް ވަނީ އެ މައްސަލައިގައި ކެރަލާ ސްޓޭޓުގެ ސަރުކާރާ މައި ސަރުކާރާ މަޝްވަރާކުރުންތައް ބޭއްވުމަށް ގޮވާލައްވައިފައެވެ. ކެރަލާގެ ފިނޭންސް މިނިސްޓަރު ތޯމަސް އިސާކް ވަނީ، އެ އެހީ ހުއްޓުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް އެ ފައިސާ މުހިންމު ނުވާތީ ކަމަށް ވިދާޅުވެ، މޯދީއަށް ފާޑު ވިދާޅުވެފައެވެ. ކެރަލާގެ ހާލުގައި ޖެހިފައިވާ 1.3 މިލިއަން މީހުން މިހާރުވެސް ތިބީ ވަގުތީ ހިޔާތަކުގައެވެ. ފެންބޮޑުވުމުގެ ކާރިސާގައި 10،000 ކިލޯމީޓަރު ސަރަހައްދެއް ހަލާކުވެފައިވާއިރު، ގިނަަ ގެތަކެއްވެސް ވަނީ ހަލާކުވެފައެވެ. އެގޮތުން އެ ކާރިސާއިން އަރައިގަތުމަށް 50،000 ހެއްހާ ގެއެއް އަލުން ބިނާކުރަންޖެހޭނެ ކަމަށް ބެލެވެއެވެ. އިންޑިއާއިން މީގެ ކުރިންވެސްވަނީ އެކި ކާރިސާތަކާ ގުޅިގެން ބޭރުގެ އެހީ ގަބޫލުކުރުމަށް ދެކޮޅު ހަދާފައެވެ. އެގޮތުން 2004 ވަނަ އަހަރު އެރި ސުނާމީގެ ކާރިސާ ފާހަގަކޮށްލެވެެއެވެ. https://sun.mv/109695 ކެރެއްލާގެ ހާލަތުން އަރައިގަތުމަށް ރާއްޖެއިން ދިން 50،000 ޑޮލަރުގެ އިތުރުން ގަތަރުން ދިން 350 މިލިޔަން ރުޕީސް (ގާތްގަނޑަކަށް ފަސް މިލިޔަން ޑޮލަރު) ބަލައިގަތުމަށް އިންޑިއާއިން ވަނީ ދެކޮޅު ހަދައިފައެވެ. އިންޑިއާއިން ބުނީ އެ ހުރިހާ ގައުމުތަކުން ދިން އެހީއަށް ވަރަށް އުފާކުރާ ކަމަށާއި އެެހެންނަމަވެސް ކެރަލާގެ މިހާރުގެ ހާލަތުން އަމިއްލައަށް އަރައިގަތުމުގެ ކުޅަދާނަކަން އިންޑިއާގެ އެބަހުރި ކަަމަށެވެ. އަދި ބުނީ ގައުމުތަކުގެ އެހީ ބަލައިނުގަތް ނަމަވެސް އެކި އެކި ފަރުދުން ފަންޑުންް ރެއިސިންގްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްގެން އެއްކުރި ފައިސާ ބަލައިގަންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ