މައުމޫން މާފުށީ ޖަލަށް ވޯޓުލެއްވުމަށް ރަޖިސްޓްރީ ވެއްޖެ

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން އަންނަ ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް މާފުށީ ޖަލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ރަޖިސްޓްރީ ވެއްޖެއެވެ.
މައުމޫން މާފުށީ ޖަލު ވޯޓު ފޮއްޓަށް ރީ-ރަޖިސްޓްރީ ވެފައިވާކަން އެމަނިކުފާންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވަނީ ކަށަވަރުކޮށްދީފައެވެ.
މައުމޫންގެ ރީ-ރަޖިސްޓްރީ ވެފައިމިވަނީ ޖަލަށް ވޯޓުލުމަށްޓަކައި ފޯމު ހުށަހެޅިތާ އެތައް ދުވަހެއް ފަހުންނެވެ. މައުމޫންގެ އިތުރުންވެސް ސިޔާސީ އެކި މައްސަލަތަކުގައި ޖަލުގައި ތިއްބެވި ބޭފުޅުންގެ ވޯޓު ރީ-ރަޖިސްޓްރީ ޖަލު ފޮއްޓަށް ނުކުރެވި ލަސްވާތީ އިދިކޮޅު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ