އިބޫގެ ވައުދު - ތެލުގެ ޑިއުޓީ އެއްކޮށް ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރާނަން

އިދިކޮޅު ވެރިކަމެއްގައި ޕެޓްރޯލާއި ޑީސަލްއިން މިހާރު ނަގަމުންދާ 10 ޕަސެންޓްގެ ޑިއުޓީ ކަނޑާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ކ. ގުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުނެވެ. އިބޫ ވިދާޅުވީ ލިބޭ އާމްދަނީއެއްގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނި ކަރަންޓަށް ކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓުގެ އަގު ބޮޑުވުން ކަމަށެވެ.
އިބޫ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވި ނަމަވެސް ކަރަންޓުގެ އަގު ހެޔޮ ނުވާ ކަމަށެވެ.
" ކަރަންޓުގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެ , އެކަން ކުރައްވާނީ ރިނިއުބަލް އެނާޖީ އިތުރުކޮށްގެން , އިރުގެ އަވިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރާނަން " އިބޫ ވިދާޅުވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ ތެލުގެ އަގު ހެޔޮކުރަން އެމްޑީޕީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރި ކަމަކީ ޑިއުޓީ ކަނޑާލުން ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރު ވެސް 10 ޕަސެންޓްގެ ޑިއުޓީ ޕެޓްރޯލާއި ޑީސަލްއިން ނަގަމުންދާ ކަމަށެވެ.
އަޅުގަނޑުގެ ވެރިކަމެއްގައި ޑިއުޓީ އެއްކޮށް ކަނޑާލާނަން, ޑިއުޓީ ކަނޑާލުމުން އޭގެ ފައިދާ މަސްވެރިންނާއި އެހެން ވެސް ތެލުގެ
ބޭނުން ކުރަންޖެހޭ " އިބޫ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް މަހަކަށް ވެފައިވާއިރު ކެންޕެއިންގެ ފޯރިވެސް ދަނީ ގަދަވަމުން ނެވެ. އިންތިހާބުގައި ވާދަ ކުރައްވާ ދެކެންޑިޑޭޓުން ގިނަ ވައުދު ތަކެއް ދަނީ ރައްޔިތުންނަށް ވަމުންނެވެ.
ސްޕްޓެމްބަރު މަހު ބޭއްވޭ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި ދެފުއް ފެންނަށް އިންތިހާބަކަށް ހެދުމަށް ސަރުކާރުން އަނަނީ މައްސަކަތް ކުރަމުނެވެ. އަދި އިންތިހާބު މިނިވަންކަމާއި އަމާން ކަމާއެކު ކެންޕެން ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށް ވެސް ސަރުކާރުން އަންނަނީ މައްސަކަތް ކުރަމުންނެވެ.
މިއަހަރު އޮންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ 23 ސެޕްޓެމްބަރުގައިއެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެ ކޮމިޝަންގެ މެންބަރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ