ޝަހީދު ހުސެއިން މުހައްމަދު – ޝަހީދުވެގެން ވެއްޓުނީ މުލިޔާގެ ކައިރިއަށް

ޕްރައިވެޓް ހުސެއިން މުހައްމަދު (މަސްތަކާ) ޒޯން ޑިއުޓީގައި އުޅުއްވަމުން ގެންދަވަނިކޮށް މެދުޒިޔާރަތްމަގުން މުލިޔާގެ މައިގޭޓާއި ހިސާބުންދިން ބަޑީގެ ހަމަލާއިން ވަޒަން އަރައި ޝަހީދުވިއެވެ.
ޕްރައިވެޓް ހުސެއިން މުހައްމަދު ޝަހީދުވެގެން ވެއްޓިފައިވަނީ މުލިޔާގެ މައިގޭޓާއި ދިމާއިން މެދު ޒިޔާރަތް މަގަށެވެ. އޭނާ ޝަހީދުވިއިރު ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 17 އަހަރާއި 3 މަހާއި 18 ދުވަސްވެއްޖެއެވެ.
ޕްރައިވެޓް ހުސެއިން މުހައްމަދު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދައުލަތުން މިކަން ފާހަގަކުރައްވާ ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލްގެ މަގާމަށް މަގާމުގެ ކުރިއެރުން ދެއްވާ ހުރަވީ މެޑަލް އާއީ ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލްދީފައިވެއެވެ.
ޝަހީދުވިއިރު އުމުރުފުޅަކީ 38 އަހަރެވެ.
ޝަހީދު ކޯޕްރަލް ހުސެއިން މުހއްމަދަކީ މުހައްމަދު ހުސެއިން އާއި ހައްވާ ޔޫސުފްއަށް ލިބިފައިވާ ދަރިއެކެވެ. އޭނާގެ ދާއިމީ އެޑްރެހަކީ މަބުސްތަނުގެ، ބ.ތުޅާދޫ އެވެ.
މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން
وَلَا تَقُولُوا لِمَنْ يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِنْ لَا تَشْعُرُونَ
“އަދި ﷲގެމަގުގައި (ޖިހާދު ކުރަނިކޮށް) ޝަހީދުވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ.”
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ