މައުމޫން އީދުގެ ތަހްނިޔާ ފޮނުއްވައިފި

ރައީސް މައުމޫން އަދި ޕީޕީއެމްގެ އިންތިޤާލީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ބަރަކާއްތެރި އަޟްހާ އީދުގެ މުނާސަބާތުގައި ތަހްނިޔާ ފޮނުއްވައިފި އެވެ.
''މި ބަރަކާތްތެރި ހައްޖު ދުވަހާއި އަޟުހާ އީދުގެ މުނާސަބާތުގައި. ޕީޕީއެމްގެ ލޮބުވެތި ހުރިހާ މެންބަރުނަން ނުހަނު އިހްލާސްތެރިކަމާއެކު ތަހްނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ. މާތް ﷲ ތިޔަ ލޮބުވެތި ހުރިހާ މެންބަރުންނަށާއި ތިޔަ ބޭފުޅުންގެ އާއިލާތަކަށް ފުރިހަމަ ސިއްހަތާއި އުފާފާގަތިކަން މިންވަރު ކުރައްވާށި''، މައުމޫންގެ ބަޔާނުގައިވެ އެވެ.
އަދި ޕީޕީއެމްގެ ނަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މައުމޫންގެ ބަޔާނުގައި ތަހްނިޔާ ފޮނުއްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ