އެމެރިކާގެ ސުޕްރީމް ކޯޓަށް ޓްރަމްޕް ނޮމިނޭޓް ކުރެއްވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު

އެމެރިކާގެ ސުޕްރީމް ކޯޓަށް ޢައްްޔަންކުރެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެންގެވި ފަނޑިޔާރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ފެންމަތިވެއްޖެއެވެ.
ބްރެޓް ކެވަނޯ އަކީ ގިނަ މައްސަލަ ތަކެއްގައި ކޮންޒަވޭޓިވް ވިސްނުމަށް ބުރަވެ ވަޑައިގެންފައިވާތީ ދެބަސްވެވޭ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ބޭފުޅެކެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ބޭފުޅަކު އައްޔަންކުރަނީ ރިޓަޔަރ ކުރެއްވި ފަނޑިޔާރު އެންތޮނީ ކެނެޑީގެ ބަދަލުގައެވެ.
ޖުލައިމަހު ވައިޓް ހައުސްގައި ކެވަނައުގެ ނަންފުޅު އިއުލާނުކުރައްވަމުން ޓްރަމްޕް ވަނީ އެމަނިކުފާނު ހޮއްވެވީ "ވިސްނުންތެރި ފަނޑިޔާރެއް" ކަމުގައި ވާތީ ކަމަށް ވިދާޅުވެ ތައުރީފް ކުރައްވަވާފައެވެ.
ކޮލަމްބިއާ ޑިސްޓްރިކްޓްގެ އިސްތިއުނާފް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ސުޕްރީމް ކޯޓަށް ޓްރަމްޕް ހޮއްވެވި ކެވަނައު އަކީ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ މުޝީރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ބްރެޓް ކެވަނައު އަކީ ކޮންޒަވެޓިވް ބޭފުޅެކެވެ.
އެމެރިކާގެ އެންމެ މަތީ ކޯޓުގައި 30 އަހަރު މަސައްކަތްކުރައްވާފައިވާ އުމުރުފުޅުން 81 އަހަރުފުޅުގެ ފަނޑިޔާރު ރިޓަޔަރ ކުރެއްވީ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ފަނޑިޔާރު އެންތަނީގެ ރިޓަޔަރ ކުރެއްވުން ވެގެންދަނީ ސުޕްރީމް ކޯޓުގައި ކޮންޒަރވެޓިވް އަޣުލަބިއްޔަތު އިތުރަށް ވަރުގަދަ ކުރުމަށް ރައީސް ޓްރަމްޕްއަށް ލިބިވަޑައިގަންނަވާ ފުރުސަތަކަށެވެ.
ރައީސް ޓްރަމްޕް ހޮއްވަވާ ފަރާތެއްގެ ނަން ސެނޭޓުން ފާސްކުރަންޖެހެއެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ