ބީއެމްއެލް ވައު ކިޑްޒް ރަންއިން ލިބުނު ފައިސާ ކެއަރ ސޮސައިޓީއަށް ހަދިޔާކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)އާ ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބީއެމްއެލް ވައު ކިޑްޒް ރަންގެ މިއަހަރުގެ ދުވުން މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އެދުވުމުގައި ބައިވެރިވި ކުދިން ހޯދި ފައިސާ، މި ދުވުން ނިންމުމުގެ ރަސްމިއްޔާތުގައި އެކުދިން ވަނީ ކެއާ ސޮސައިޓީއާއި ހަވާލުކޮށްފަ އެވެ.
މި ފައިސާ ކެއާ ސޮސައިޓީއާއި ހަވާލުކޮށްދެއްވީ ދުވުމުގައި ބައިވެރިވި ކުދިންނާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ އެވެ.
ކުދިން ހޯދި ފައިސާގެ އިތުރުން ދުވުމުގައި ބައިވެރިވުމަށް ޓީއެފްޖީގައި ރަޖިސްޓްރީ ކުރި ކުދިންގެ ރެޖިސްޓްރޭޝަން ފީގެ 15 އިންސައްތަ ވެސް ވަނީ ކެައރ ސޮސައިޓީއަށް ހަދިޔާކޮށްފައެވެ. އެއީ-/30،150 ރުފިޔާއެވެ.
ރަންގައި ބައިވެރިވި ކުދިން ފައިސާ ހޯދީ ބީއެމްއެލުން ތަޢާރަފްކުރި ފަންޑް ރެއިޒިން ޕްލެޓްފޯމް މެދުވެރިކޮށެވެ.
ތިން އުމުރުފުރާއަކުން 900 ކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއެކު ޖުމްލަ 1800 ބައިވެރިން ވަނީ މިފަހަރުގެ ދުވުމުގައި ބައިވެރިވެފަ އެވެ.
ދުވުމުގައި ބައިވެރި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ އެކުދިން ސޯޝަލް ސެންޓަރާ ހަމައިން ދުވުން ނިންމާލުމުން ބީއެމްއެލް އާ ޓީއެފްޖީގެ އިސްވެރިންނެވެ.
ބީއެމްއެލް ވައު ކިޑްޒް ރަންއިން ލިބުނު ފައިސާ ކެއަރ ސޮސައިޓީއަށް ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ