ވިލިމާލޭ މޫދަށް އެރޭ ސަރަހައްދުތަކަށް ގޮސް އެކަށީގެން ނުވާ ހެދުމުގައި ޓޫރިސްޓުން މޫދަށް އެރޭތީ އެ ސަރަހައްދުގައި ބޯޑުތަކެއް ބަހައްޓައިފި އެވެ.
މި ބޯޑްތައް ބަހައްޓާގައި ވަނީ ވިލިމާލޭ ފުލުހުންނާއި ވިޔަފާރިވެރިންނާ ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެނެވެ.
މިޕްރޮގްރާމުގެދަށުން ވިލިމާލޭގައި މޫދަށް އެރޭ އެކި ސަރަޙައްދުތަކުގައި ވަނީ ހޭލުންތެރިކަމުގެ ބޯޑުތައް ބަހައްޓާފަ އެވެ. ފުލުހުން ބުނީ ބޯޑުތައް ހަރުކުރީ ވިލިމާލޭގެ މޫދަށް އެރޭ ސަރަޙައްދަކީ ގިނަ ބަޔަކު ކޮންމެ ދުވަހަކު މޫދަށް އެރޭ ސަރަހައްދުތަކަކަށް ވެފައި ޓޫރިސްޓުން އެސަރަޙައްދުތަކަށް މޫދަށް އެރޭއިރު އެކަށީގެންނުވާ ހެދުމުގައި އެރުމުގެ ސަބަބުންނާއި އެ މީހުންގެ އަމަލުތައް ހުންނަގޮތުން އެފަދަ ކަންކަމުގައި އޮންނަ އުޞޫލުތައް އަންގައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
އެކަށީގެން ނުވާ ހެދުމުގައި ޓޫރިސްޓުން މޫދަށް އެރޭތީ ވިލިމާލޭގައި ބޯޑުތަކެއް ބަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ