ސަރުކާރުން ފަށާފައިވާ ބޮޑެތި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ރައްޔިތުންގެ ފަރާތުން ސިޔާސީ ހަކަތަ ފޯރުކޮށްދޭންޖެހޭ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި މައްޗަށްގޮޅިއަށް ދާއިރާކަށް ސަރުކާރު ކޯލިޝަނުން ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް ތާއީދު ހޯދައިދޭން އެ ސަރަހައްދުގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލްކުރައްވާ ނާއިބް ރައީސް ވިދާޅުވީ ސަރުކާރުން މިހާރުވެސް ރައްޔިތުންނަށްޓަކައި މުހިންމު ގިނަ ޕްރޮޖެކްޓްތަކެއް ފަށާފައިވާ ކަމަށާއި އެ މަޝްރޫޢުތައް ބާރު ސުޕީޑެއްގައި ކުރިއަށް ގެންދެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ ކެނޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށާ ސަރުކާރު ފުރިހަމައަށް ހިންގޭނީ ސަރުކާރަށް ކައުންސިލްތަކާއި މަޖިލީހުން އެއްބާރުލުންދީގެން ކަމަށެވެ.
"ސަރުކާރެއް ހިންގާ، ރައްޔިތުންނަށް މުހިންމު ގިނަ ޕްރޮޖެކްޓައް ކުރިއަށް ގެންދެވޭއިރު އެކަންކަން ކުރިއަށް ގެންދިއުމަށް ރައްޔިތުން އެބަޖެހޭ ސިޔާސީ ހަކަތަ ފޯރުކޮށްދޭން ސަރުކާރަށް، އެ ސިޔާސީ ހަކަތައަކީ ކައުންސިލް އިންތިހާބާއި މަޖިލީސް އިންތިހާބުގައި ކޯލިޝަން ކެނޑިޑޭޓުންނަށް ތާއީދު ދިނުން،" ނާއިބު ރައީސް ވިދާޅުވި އެވެ.
ނާއިބު ރައީސް ވިދާޅުވީ އާ ސަރުކާރާއެކު ރާއްޖޭގެ އެކި ދާއިރާތަކުން ރައްޔިތުންނަށްދޭ ހިދުމަތްތައް ފުޅާކުރަން ހާއްސަ މަސައްކަތެއް ކުރަމުން އަންނަކަމަށާ އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބޭ ރައްޔިތަކު އުޅޭ ގައުމަކަށް ރާއްޖެ ހަދަން މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެ މަސައްކަތުގެ ދަށުން އައިޖީއެމްއެޗް މަރާމާތުކޮށް ހުޅުމާލޭ ހޮސްޕިޓަލްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
ގެދޮރުގެ ދަތިކަން ފިލުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުގެ ދަތިކަން ފިލުވާދެއްވާނެ ކަމަށް ވެސް ނައިބު ރައީސް މިއަދު ވަނީ ވިދާޅުވެފަ އެވެ.
މައްޗަށްގޮޅީ ޕީޓްރަލް ހިމެނޭ ސަރަހައްދުގެ ގޭގޭއަށް ޒިޔާރަތްކުރައްވާ ނާއިބު ރައީސް ވަނީ އޭގެގެ ހާލަތު އޮޅުން ފިލުއްވާލައްވައި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވާފަ އެވެ.
ރައްޔިތުން ސަރުކާރަށް ސިޔާސީ ހަކަތަ ފޯރުކޮށްދޭންޖެހޭ: ނާއިބު ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ