ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު "އައުޓްސޯސް"ކޮށް އަމިއްލަ ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ކަސްޓަމްސް ބިލްޑިންގައި ޑްރަގް ކޯޓްގެ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދީ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު އަމިއްލަ ފަރާތަކަށް ހަވާލުކުރުމަށް ބިޑަށް ލައިގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައަޅާ ފަރާތަކަށް ތައްޔާރުކުރަންޖެހޭ މައުލޫމާތު ކަރުދާސް މިހާރު ތައްޔާރުކޮށްފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަންނަ މޭމަހު އަޅުގަނޑުމެން ބިޑަށް ހުޅުވާލެވޭވަރުވާނެ. ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރު އަމިއްލަ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ހުޅުވާލާނަން" އުމަރު ވިދާޅުވިއެވެ.
ހިންމަފުށީ ސެންޓަރު ހިންގަން ބޭނުންވާ ފަރާތްތަކަށް އެތައް ފުރުސަތުތަކަކާއެކު ބިޑް ހުޅުވާލާނެ ކަމަށާއި އެގޮތުން ބިޑަށް ހުޅުވާލާނީ މަދުވެގެން 20 އަހަރަށް އެތަން ލިބޭ ގޮތަށާއި ފުރަތަމަ ފަށައިގަތުމަށް ރައުސްމާލަށް ބޭނުންވާ ފައިސާވެސް ނިޒާމްގެ ތެރެއިންދޭ ގޮތަށް ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އަމިއްލަ ފަރާތަކަށް ސެންޓަރު ހަވާލުކުރުމުން ސެންޓަރު މިހާރަށްވުރެ ރަނގަޅަށް ހިންގޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއް ނުވަތަ ދެމަހެއްގެ ތެރޭގައި ރީހެބިލިޓޭޝަން އައުޓްސޯސް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ނިންމާނަން." އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ރީހެބިލިޓޭޝަންގެ ނިޒާމު ރަނގަޅުކޮށް މި ނިޒާމުގެ ތެރެއިން ރަނގަޅުވެގެން މުޖުތަމަޢުއަށް ނިކުންނަ މީހުން އިތުރުކުރަން ކަމަށެވެ.
މިނިސްޓަރު އުމަރު އިތުރަށް ވިދާޅުވީ މަސްތުވާތަކެއްޗާބެހޭ ޤާނޫނު ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.
ރީހެބިލިޓޭޝަން ސެންޓަރު އަމިއްލަ ބަޔަކު ހިންގާ ތަނަކަށް ބަދަލުކުރާނަން – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ