ހުޅުމާލެއިން ގަޑިއިރެއްހާއިރަށް ކަރަންޓު ކެނޑިއްޖެ

ހުޅުމާލެއިން މިއަދު މެންދުރުފަހު ގަޑިިއިރެއް ހާއިރަށް ކަރަންޓު ކަނޑައިގެން ހިނގައްޖެއެވެ.
ހުޅުމާލެއިން ކަރަންޓު ކެނޑިފައިވަނީ މިއަދު މެންދުރުފަހު 1:20 ހާއިރު ނެއިބަހުޑް 1 އަދި 2 ގެ ބައެއް ހިސާބުތަކުންނެވެ. އަދި ކަރަންޓު އަލުން ލިބިފައިވަނީ 2:25 ހާއިރުއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެއިން ކަރަންޓު ކެނޑެނީ ހުޅުމާލޭގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖެނަރޭޓަރުތަކުގެ ތެރެއިން އެއް ޖެނަރޭޓަރުގައި މައްސަލަ ޖެހިފައިވާތީ ކަމަށެވެ.
ހުޅުމާލެއިން ރޭ 8 ޖަހާކަށްހާއިރުވެސް ވަނީ ކަރަންޓު ގޮސްފައިވެއެވެ. ނަމަވެސް 15 މިނެޓްތެރޭގައި ކަރަންޓު އައިސްފައިވެއެވެ.
މީގެއިތުރުން މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ގަޑިއިރަކަށްވުރެ ގިނައިރަށް ކަރަންޓު ކެނޑިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ