ޅ. ހިންނަވަރުން ދޭތޭރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ މައްސަލާގައި އެ ރަށުގެ ރައްޔިތުން ނުކުމެ އިންޖީނުގޭގެ ކުރިމަތީގައި މުޒާހަރާކުރަމުން އެބަދެ އެވެ.
ހިންނަވަރުން ސަން އަށް މައުލުމާތުދިން ފަރާތަކުން ބުނީ އެ ރަށުގެ އިންޖީނުގޭގައި ހުރި އެންމެ ބޮޑު ޖަނަރޭޓަރުގައި މީގެ ދެ ދުވަސްކުރިން އަލިފާން ރޯވެ އިންޖީނު ހަލާކުވުމާ ގުޅިގެން އިތުރު އިންޖީނުތަކަށް ލޯޑް ބޮޑުވެ އިރުއިރުކޮޅުކޮޅާ އެ ރަށުން ކަރަންޓް ކެނޑެމުން ދާ ކަމަށެވެ.
އަދި އަލިފާން ރޯވި އިންޖީނު ހެދުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައި ނުވާކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
"މިހާރު އިންޖީނުގޭ ކުރިމަތީގައި 300 އެއްހާ މީހުން މުޒާހަރާކުރަމުން އެބަދޭ އެމީހުން ބާރުއަޅަނީ އިންޖީނުތައް ރަނގަޅުކޮށް ކަރަންޓް ކެނޑޭ މައްސަލަ ޔުޓިލީޓިސް ކުންފުނީގެ ސަމާލުކަމަށް ގެނެސް އެކަން ހައްލުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަށް ކުރުމަށް،" ނޯދަން ޔުޓިލިޓީސް އިން ހިންގާ އިންޖީނުގެއާ ބެހޭ ގޮތުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ހިންނަވަރު އިންޖީނުގޭގެ އިންޗާޖު ނިޒާރު އުމަރަށް ގުޅާލުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ހިންނަވަރުން ކަރަންޓު ކެނޑޭތީ އިންޖީނުގޭ ކައިރީގައި ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ