ޤައުމީ އެންޓި ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންނަށް ނަޒާހަތްތެރި ކަމާއިއެކު ދިރިއުޅުމުގައި ކަންކަން ކުރާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ދީފިއެވެ.
ދަރިވަރުންނަށް މައުލޫމާތު ދެއްވާފައި ވަނީ މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް، ހަސަން ލުޠުފީ ތަޤްރީރު ކުރައްވަމުންނެވެ.
ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ކުޅުދުއްފުށީގައި ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައި ވާއިރު، މިއަދު ބޭއްވި އެސެމްބްލީގައި ތަޤުރީރު ކުރައްވަމުން ހަސަން ލުތުފީ ވަނީ ދަރިވަރުން ތައުލީމު ހީސިލް ކުރަމުން ގެންދާއިރު، އަމަލުކުރަންޖެހޭ އަޚްލާޤީ ރިވެތި އުސޫލްތަކާއި، ސުލޫކީ މިންގަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.
މިއަދުގެ އެސެމްބްލީގައި އޭސީސީން ވަނީ ދަރިވަރުންނަށް އަމާޒުކޮށްގެން އެކަޑަމިކް އިންޓެގްރިޓީއާއި ގުޅޭގޮތުން ޚާއްސަ ޕްރެޒެންޓޭޝަނެއްވެސް ހުށަހަޅައި ދީފައެވެ.
އެސެމްބްލީއަށް ފަހު ލުތުފީ ވަނީ ވޯލްޑް ބޭންކްގެ އެހީގައި އެސްކޫލުގައި އަލަށް ޤާއިމު ކުރެވުނު ކޮމްޕިއުޓާ ލެބް ހުޅުވައިދެއްވާފައެވެ.
މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަސް ގައުމީ އެންޓިކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް ނިންމާފައި ވާއިރު، މި އަހަރު މި ދުވަސް ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތައް ކުރިއަށްދަނީ ކުޅުދުއްފުށީގައެވެ.
ޖަލާލުއްދީން ސްކޫލް ކުދިންނަށް ނަޒާހަތްތެރި ކަމާއިއެކު ކަންކަން ކުރާނެ ގޮތާ ގުޅޭގޮތުން މައުލޫމާތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ